އޯ ލެވެލް އިމްތިޙާނުގެ ގަދަ 10ގައި އަލިފުށީގެ 3 ދަރިވަރަކު

އޯ ލެވެލް އިމްތިޙާނުގެ ގަދަ 10ގައި އަލިފުށީގެ 3 ދަރިވަރަކު

ރޭ އިޢުލާނު ކުރި އޯ ލެވެލް އިމްތިޙާނުގެ އެންމެ މޮޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި އަލިފުށިގެ ތިން ދަރިވަރަކު ވަނަ ޙާޞިލް ކޮށްފިއެވެ.

އެގޮތުން އަލިފުށީ ގުލްރައުނާގޭ މަރިޔަމް އަސީލާ ވަނީ އެންމެ މޮޅު ދިހަ ނތީޖާގެ ތެރެއިން 2 ވަނަ ޙާޞިލްކޮށްފައެވެ. އަސީލާ 2 ވަނަ ޙާޞިލްކޮށްފައިވަނީ އޯ ލެވެލްގެ 5 މާއްދާއިން “އޭ ޕްލަސް” 2 މާއްދާއިން “އޭ” އަދި އެއް މާއްދާއިން “ބީ” ޙާޞިލްކޮށްގެނެވެ. ސައިންސް ސްޓްރީމް ކިޔެވި އަސީލާ “އޭ ޕްލަސް” ހޯދި 5 މާއްދާއަކީ   ހިސާބު، ބައޮލޮޖީ، ފިޒިކްސް، ކެމިސްޓްރީ އަދި ކޮމްޕިއޓަރ ސްޓަޑީޒްއެވެ. “އޭ” ހޯދި ދެމާއްދާ އަކީ އިސްލާމް އަދި އިނގިރޭސިއެވެ. އަދި އަސީލާއަށް “ބީ” ލިބިފައި ވަނީ ހަމަ އެކަނި ދިވެހިންނެވެ. އަސީލާއަކީ ގްރޭޑު 6ގެ ނިޔަލަށް އަލިފުށި ސްކޫލުގައި ތަޢުލީމް ޙާޞިލްކުރި ދަރިވަރެކެވެ. އަދި އެއަށްފަހު އޯ ލެވެލް ނިންމާފައި ވަނީ ހިރިޔާ ސްކޫލުންނެވެ. އަސީލާ މިހާރު ތަޢުލީމު ޙާޞިލް ކުރަމުން ދަނީ ސީ.އެޗް.އެސް.ސީގައެވެ.

އަސީލާގެ އިތުރުން އެންމެ މޮޅު 10 ނަތީޖާގައި ހިމެނުނު އަނެއް ދަރިވަރަކީ އަލިފުށީ ނޫރާނީ ވިލާ މުޙައްމަދު ސޫލޫންއެވެ. ސޫލޫން ވަނީ 4 ވަނަ މަޤާމް ހޯދާފައެވެ. ގަދަ 10ގެ 4ވަނަ މަޤާމް ތޫލޫން ހޯދާފައި ވަނީ އޯލެވެލްގައި އޭނާ ބައިވެރިވި 4 މާއްދާއިން “އޭ ޕްލަސް” ، 2 މާއްދާއިން “އޭ” އަދި އެއް މާއްދާއިން “ބީ” ޙާޞިލްކޮށްގެނެވެ. އެގޮތުން ތޫލޫން ވަނީ ސައިންސް ސްޓްރީމްގެ 3 މާއްދާކަމަށްވާ ކެމިސްޓްރީއާއި، ފިޒިކްސް އަދި ބައޮލޮޖީގެ އިތުރުން ކޮމްޕިއުޓަރ ސްޓަޑީޒްއިން “އޭ ޕްލަސް” ޙާޞިލް ކޮށްފައެވެ. އަދި ހިސާބާއި އިނގިރޭސިން “އޭ” ޙާޞިލް ކޮށްފައިވާއިރު ދިވެހި އިސްލާމް، މި ދެ މާއްދާއިންވެސް ތޫލޫން ވަނީ “ބީ” ޙާޞިލްކޮށްފައެވެ. ސޫލޫން ޕްރައިމަރީ ތަޢުލީމް ޙާޞިލް ކޮށްފައި ވަނީ އަލިފުށި ސްކޫލާއި އިމާދުއްދީން ސްކޫލުންނެވެ. އަދި އޯ ލެވެލް ނިންމާފައިވަނީ ދަރުމަވަންތަ ސްކޫލުންނެވެ. ތޫލޫންވެސް މިހާރު ތަޢުލީމް ޙާޞިލް ކުރަމުން ދަނީ ސީ.އެޗް.އެސް.ސީގައެވެ.

2 ވަނައާއި 4 ވަނައިގެ އިތުރުން އަލިފުށީ ވިނަވި ޢަބްދުﷲ ފަރިޝް ވަނީ ގަދަ 10ގެ 7ވަނަ ޙާޞިލްކޮށްފައެވެ. އެގޮތުން ފާރިޝް އޯ ލެވެލް ހެދި މާއްދާތަކުގެ ތެރެއިން އެއް މާއްދާއިން “އޭ ޕްލަސް” ، 5 މާއްދާއިން “އޭ” އަދި 2 މާއްދާއިން “ސީ” ޙާޞިލްކޮށްފައިވެއެވެ.

ފާރިޝް “އޭ ޕްލަސް” ޙާޞިލްކޮށްފައި ވަނީ ކެމިސްޓްރީންނެވެ. ދިވެހި، ބައޮލޮޖީ، ހިސާބު، ފިޒިކްސް، އަދި ކޮމްޕިއުޓަރ ސްޓަޑީޒްއިން “އޭ” ޙާޞިލްކޮށްފައި ވާއިރު އިސްލާމް އަދި އިނގިރޭސިން ފާރިޝް ވަނީ “ސީ” ޙާޞިލްކޮށްފައެވެ. ފާރިޝް ތަޢުލީމީ ދައުރު އެއްކޮށް ހޭދަ ކޮށްފައި ވަނީ އަލިފުށި ސްކޫލުގައެވެ. ފާރީޝް މަތީ ސާނަވީ ތަޢުލީމުވެސް ޙާޞިލް ކުރާނީ އަލިފުށި ސްކޫލުގައެވެ. އަލިފުށި ސްކޫލުގައި އޭ ލެވެލްގެ ކިޔެވުން ފެށޭނީ އަންނަ ޖޫންމަހުގައެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. meerash

    ހުރިހައި ކުދިންނަށް ވަރަށް ވަރަށް މަރުހަބާ!! ހިތްވަރާއެކު މަސައްކަތް ކުރުމުން ނަތީޖާ ލިބޭނެކަން މިކަމުންވެސް އެނގެނީ.. ހުރިހައި ކުދިންނަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރައްވާށި!! ތިކުދިންގެ ނަންތަކާއި އެޑްރެސްތައް އެކަނި މިއެނގެނުނީ.. މައިންބަފައިންނެއް ވެސް ނޭނގެ… ތިކުދިން ފެނުނަސް އެނގޭނެހެނެއް ހިއެއްނުވޭ… އަލިފުށީ ކައުންސިލުން މިފަދަ ކުދިންގެ ޝަރަފުގައި ހިތްވަރު ދިނުމުގެ ހަފްލާއެއް ބޭއްވުން އެދެން.. ތަޢުލީމަށް ހިތްވަރުދީގެން އެކަމަށް އިންވެސްޓް ކޮށްގެން ލިބޭ އިންކަމް މާބޮޑުވާނެ…
    ނަތީޖާތަކާއެކު މިހާ ތަފްސީލުކޮށް ޚަބަރު ގެނެސްދެއްވީތީ ޝުކުރުވެރިވަން…

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses