އަލިފުށީ ސްކޫލު އިންޓަރ ހައުސް 13 ވަނަ ފުޓުބޯޅަ މުބާރާތް ފަށައިފި

އަލިފުށީ ސްކޫލު އިންޓަރ ހައުސް 13 ވަނަ ފުޓުބޯޅަ މުބާރާތް ފަށައިފި

އަލިފުށީ ސްކޫލު އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތް އިއްޔެ އަލިފުށީގައި ފަށައިފިއެވެ. އިއްޔެ ހަވީރު އަލިފުށީ ބަނދަރު ޞަރަޙައްދުގައި ފެށި މިމުބާރާތުގައި ވާދަކުރަނީ 13 އަހަރުން މަތީގެ އުމުރު ފުރާގެ ދަރިވަރުންނާއި 13 ދަށުގެ އުމުރު ފުރާގެ ދަރިވަރުންނެވެ.

ހަތަރު ހައުސްގެ މެދުގައި ކުޅެވޭ މިމުބާރާތުގެ 13 އަހަރުން މަތީގެ އުމުރު ފުރާއިން ފުރަތަމަ މެޗުގައި އިއްޔެ ބައްދަލު ކުރީ އިސްކަންދަރު ހައުސްއާއި ކަލާފާނު ހައުސްއެވެ. މިމެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ އިސްކަންދަރު ހައުސްއެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ޖަމާލުއްދީން ހައުސްއާއި ތާޖުއްދީން ހައުސްއެވެ. މިމެޗު ނިމިގެން ދިޔައީ 1 – 1 އެއްވަރުވެގެންނެވެ.

މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރު ފުރާގެ މެޗުތަ މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހެނދުނުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ތާޖުއްދީނާއި ކަލާފާނެއެވެ. މިމެޗު ފަސޭހަ ކަމާއި އެކު 4 ލަނދު 0 ން ކާމިޔާބު ކުރީ ކަލާފާނުންނެވެ. މިއަދުގެ ދެވަނަ މެޗުގައި ތާޖުއްދީނާއި އިސްކަންދަރު ބައްދަލު ކޮށް 2 ލަނޑު 1 ލަނޑުން މެޗު ކާމިޔާބު ކުރީ އިސްކަންދަރުހައުސްއިންނެވެ.

އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރުވެސް 13 އަހަރުން މަތީގެ ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ފުރަތަމަ މެޗުގައި ތާޖުއްދީނާއި އިސްކަންދަރު ބައްދަލު ކުރާއިރު، ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކަލާފާނާއި ޖަމާލުއްދީނެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. ޑަމީ

    ކަލާފާނު ހޯޕް… ހޯޕް…

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses