ފުރާނަ އެދެނީ ހަމައެކަނި ކަލާއަށްޓަކާ………….

ފުރާނަ އެދެނީ ހަމައެކަނި ކަލާއަށްޓަކާ………….

އަލިފުށީ އޮންލައިން ކުރުވާހަކަ މުބާރާތަށް ފަސްވަނައަށް ލިބިފައިވާ ވާހަކަ.

ވާހަކަ ފޮނުވީ: ފާތިމަތު އަޝްފާ

މެންދަމުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއްގެނެސްދިނީ ދޫނިސޫފާސޫފީގެ މިއުޒިކީ ރާގު ތަކެވެ.ފަތިހުގެ ތެތްފިނިކަން ވަނީ މުޅި މާޙައުލަށް ވެރިވެފަ އެވެ.މިފިނި ކަމުގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުންދާ ޖިންސުއްލަތީފުންގެ ތެރެއިން އެކަކީ އުމުރުން 16 އަހަރުގެ ޒީކު އެވެ. ކުއްލިއަކަށް އެގަދަ ނިދިން ޒީކު ހޭލައްވާލީ ރިންގުވަމުންދާ ސޯޯނާ ގަޑި އެވެ. ޒީކު ދެލޯ ހުޅުވާލުމަށްފަހު،އަވަސްވެގަތީ ސްކޫލަށް ދިއެމުގެ ކުރިން ތައްޔާރު ވުމަށެވެ.މިއަހަރަކީ ޒީކުގެ މުސްތަޤުބަލު ބިނާ ކުރުމަށް ވަރަށް ބޮޑު ޙިއްސާއެއްވާ އަހަރަކަށް ވުމާއި އެކު، ޒީކު ދިޔައީ އެކަމަށް ދުރާލާ ތައްޔާރުވަމުން ނެވެ.ގަޑި ޖެހުމުގެ ކުރިން ތައްޔާރު ވުމަށްފަހު،ޒީކު ދިޔައީ ސްކޫލް މަގުގައި ހުންނަ ހޮޅިދަނޑި ކައިރިއަށެވެ. އެއީ ޒީކުގެ ހުރިހާ ރަޙުމަތްތެރިން އަންނަންދެން އޭނާ އިންތިޒާރު ކުރާތަނެވެ.މިއަދުވެސް 6:35 ވުމާއެކު އޭނާގެ ޙިއްސުތަކަށް ދިރުމެއް ގެނައީ “އަންލިމިޓެޑް” ސެންޓުގެ މީރު ވަހެވެ. އެވަގުތު ޒީކުގެ ކުރިކަނޑާފައި އެ ހުރަސް ކޮށްލީ ގިނަ އަންހެން ކުދިންގެ ހިތްތަކުގެ ޝިކާރަވެރިޔާ ދާނިޝް އެވެ. އޭނާގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާގެ “ޔުނީކް ސްޓައިލް” އެވެ.

މިދެޒުވާނުންގެ ޙާލަކީ ކޮބާކަން އެނގިލައްވާތޯ އެވެ؟ ދެޒުވާނުންގެ ހިތްތަކުގާވާ ލޯބީގެ ޖަޒްބާތު އުތުރި އަރަމުންދާ ޙާލު، އެލޯތްބަށްނ ހުރަސް އަޅަނީ ދެޒުވާނުންގެ ކިބާގައިވާ ލަދުވެތިކަމުގެ ފަރުދާ އެވެ.އާދެ! ސްކޫލް ދައުރުގެ ޙަޔާްތް ނިމިގެން ދިޔައީ މިފަދަ ގޮތަކަށެވެ.

ސްކޫލްނިމި ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ނިކުތުމާއެކު އެކިކުދިން އެކި ދިމާއަށް ބެހިގެން ދިޔަކަހަލަ އެވެ.މިގޮތަށް ދިޔަ ދިޔުމުގާ ވަރަށް ގިނަ ކުދިން މަތީތަޢުލީމު ޙާޞިލް ކުރުމަށާ ވަޒީފާ އަދާކުރުމަށް މާލެ ދިޔައެވެ. މިގޮތުން ޒީކުއާއި ދާނިޝްގެ ޢާއިލާއިން ނިންމީ ރަނގަޅު ވަޒީފާއަކަށް މާލެ ފޮނުވުމަށެވެ.

7 ޖޫން 2009ވީ އާދިއްތަދުވަހަކީ ޒީކުގެ ޙަޔާތުގެ ޑައެރީއަށް ޞަފުޙާއެއް އިތުރުވި ދުވަހެކެވެ.އެއީ ޒީކު މުޅިން އަލށް ވަޒީފާއަކަށް ނިކުތް ދުވަހެވެ.

ޓެކްސީ ގޮސް މާފަންނުގައި ހުންނަ ދިރާގުގެ މައިއޮފީހުގެ ދޮރުމައްޗަށް ހުއްޓުމާއެކު،ޒީކު އަވަސްވެގަތީ 4ވަނަ ފަންގިފިލާގާ ހުރި ފައިނޭންސް ޑިޕާޓްމަންޓަށް ދިއުމަށެވެ.ލިފްޓުން ފޭބުމަށްފަހު،ކައުންޓަރާ ދިމާއަށް ހިނގާގަތް ވަގުތު ޒީކުގެ ޙިއްޞުތަކާ ކުޅެލީ “އަންލިމިޓެޑް” ސެންޓުގެ ހިތްގައިމު ވަހެވެ.އެވަގުތު އޭނާގެ ޚިޔާލު މާޒީގެތެރެއަށް ގެއްލުނެވެ.ކުއްލިއަކަށް ޒީކު ބޭއިޚްތިޔާރުގާ އަނެއްފަރާތަށް އެނބުރުނު ވަގުތުވީ ފިނޭންސް ޑިޕާޓްމަންޓުގެ ހެޑް އިބުރާހީމް ދާނިޝް ރިޕޯޓްތައް ހިފައިގެން އެހިސާބަށް އަރާހަމަވި ވަގުތަށެވެ.އާނއެކެވެ. ކުރިމަތީގައި އެހުރީ އޭނާގެ މުޅިހިތް އެޒުވާނަކަށްޓަކާ ހިބަކުރެވިފައިވާ ޒީކު އެވެ.ދާނިޝް އަށްވެސް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވެފައިވާއިރު އެހެންމީހަކު އެތަނުގައި ނެތްކަހަލަ އެވެ. ..މިދެމީހުންނަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ލިފްޓުން ނިކުތްބަޔަކު ހީގަތް އަޑަށެވެ.ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހިނގައިގަނެވުނެވެ. އިއްތިފާޤުން މިދެޒުވާނުން މަސައްކަތް ކުރަން ޖެހުނީ އެއް ސެކްޝަނެެއްގަ އެވެ.އެކަކު އަނެކަކަށް ދިޔައީ ލޯބިވާކަމުގެ ތަފާތު ސިގްނަލްތައް ދެމުންނެވެ.

މިއަދަކީ ޒީކު ވަޒީފާގައި އުޅޭތާ 7މަސް ފުރުނު ދުވަހެވެ.މިދުވަސް ވެގެންދިޔައީ އެއޮފީހުގެ 47ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގި ދުވަހަކަށެވެ.މިގޮތުން ހިންގި ޕްރޮގްރާމްތަކުގެ ތެރޭގައި “ޓްރުތް އޯ ޑެއަރ” ހިމެނެއެވެ.ފައިނޭންސް ޑިޕާޓްމަންޓްގެ މުވައްޒަފުން ވަރަށް ފޯރިއާއެކު މިކުޅިވަރު ކުޅެމުން ދިޔައެވެ.މިފަހަރު މެދުގައި އޮތް ފުޅި ގޮސް ހުއްޓުނީ ދާނިޝްއާ ދިމާލަށެވެ.ތެޅިތެޅި އޮތް ހިތަކާއިއެކު ދާނިޝް ‘ޓްރުތް’ ޚިޔާރުކުރިއެވެ.

ހުރިހާ މުވައްޒަފުން މަޝްވަރާކުރުމަށްފަހު، ދާނިޝްއަށް ކުރިމަތިކުރުވި ސުވާލަކީ،’ދާނިޝްގެ ހިތުގައި އެއްވެސް ކުއްޖަކަށް ޚާއްސަ މަޤާމެއް ދެވިފާ ވާނަމަ އެއީ ކާކުތޯ އެވެ؟’ ބޭއިޚްތިޔާރުގައި ދާނިޝްގެ ކަޅިގޮސް ހުއްޓުނީ ޒީކުއާ ދިމާލަށެވެ.މިދެލޯބިވެރިންގެ މެދުގައިވާ ލޯބީގެ ފަރުދާ ކަހާލުމަށް އެމީހުން މަސައްކަތް ކުރަނީ ހެއްޔެވެ؟ ..ދާނިޝް ޖެހިލުންވެހުރެ އެއީ ޒީކު ކަމުގައި ބުންޏެވެ.އަދި ޒީކުއާ ހަތަރުކަޅި ހަމަވި ވަގުތު “އައި ލަވް ޔޫ” އޭ ބުނެވުނެވެ.ޒީކުގެ މޫނުމައްޗައް ފާޅުވި އާދަޔާޚިލާފް ހިނިތުންވުމުން އޭނާވެސް އެކަމަށް އެދޭވަރު ހާމަވެގެން ދިޔަކަހަލައެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް މިދެލޯބިވެރިންގެ ގުޅުމަށް މިވީ 2އަހަރެވެ.މިފާއިތުވި ދުވަސްތަކުގެ ތެރޭގައި މިދެލޯބިވެރިންވަނީ އެތަކެއް ވަޢުދުތަކާ ޢަޙުދުތަކެއްކޮށްފައެވެ.އެދެމެދުގާ ވަނީ ލޯބީގެ ވަރުގަދަ އެގްރީމެނޓެއް ހެދިފައެވެ. ކޮންމެފަދަ ޙާލެއްގާވެސް ވަކިނުވާނެ ކަމަށްވަނީ ވަޢުދުވެފަ އެވެ. ދެމީހުން ދެމީހުންނަށް ވަނީ އިންތިހާއަށް ލޯބިވެފަ އެވެ.

ޒީކުއާ ދާނިޝް ދެކެމުންއައި ފޮނި ހުވަފެންތައް ޙަޤީޤަތަކަށްް ހެދުމުގެ މަސައްކަތް މިހާރުދަނީކު ުރެވެމުންނެވެ.އެދެލޯބިވެރިންނާ ދެފަރާތުގެ ޢާއިލާއިން ތައްޔާރުވަމުންއެދަނީ ޖޫންމަހު 7 ވަނަ ދުވަހު ކުރާގޮތަށް ހަމަޖެހިފައިވާ  ޒީކުއާ ދާނިޝްގެ ކައިވެންޏަށެވެ.އެގޮތުން މިއަދަކީ ޒީކުއާ ދާނިޝް ތެލެސީމިޔާ ޓެސްޓް ކުރަން ހަމަޖެހިފައިވާ ދުވަހެވެ.

ތެލެސީމިޔާ ސެންޓަރަށް ދިއުމަށްޓަކާ ޒީކު، އޭނާގެ ‘ބޯއީ ފްރޭންޑް’ ދާނިޝްގެ ސައިކަލް ފަހަތުގައި އިންއިރު ހީވަނީ ފޮޅިފާއިން ފިނިފެންމަލެއްހެނެވެ. ދެމީހުންނަށްވެސް ބުނެދޭން ނޭނގޭ ފަދަ އިޙްސާސްތަކެއް ކުރެވެމުން ދިޔައެވެ. ދާނިޝްގެ އެއްބަނޑު އެއްބަފާ ބޭބެ،އައިހަމް މަސައްކަތް ކުރަމުންދަނީ ތެލެސީމިޔާ ސެންޓަރުގާކަމުން ދާނިޝްމެން ޓެސްޓުކުރުމުގެ ހުރިހާ އިންތިޒާމެއް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ހަފުތާއެއް ފަހެވެ.ޒީކު އަވަދިނެތި ‘ވެޑިންގ ޑްރެސް’ ތައްޔާރުކުރަން އުޅެފައި ދާނިޝްއާއެކު ތެލެސީމިޔާ ޓެސްޓުގެ ނަތީޖާ ބަލާދިޔައެވެ.އެމީހުންގޮސް ވަނުމާއެކު، ނަތީޖާ ރިޕޯޓް ހިފައިގެން އައިހަމް އައިސް އެދެމީހުންގެ ކުރިމައްޗަށް ހުއްޓުނެވެ.އައިހަމްގެ މޫނުމަތިން ފެންނަންހުރި ކުލަވަރުން ކޮންމެވެސްކަމެއް ގޯސްވިކަން ހާމަވިއެެވެ.ޒީކުއާ ދާނިޝްގެ ގައިން ބާރުދޫވެގެން ދިޔައެެވެ. ދާނިޝް ވަރަށް ބާރުން ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.”ކި ކި ކި…ކިހިނެތްވީ ބޭބޭ؟؟؟”އެވަގުތު އައިހަމްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “ކޮއްކޯ! ތިކުރަން އުޅޭ ކައިވެނި ވަގުތުން ހުއްޓާލާ..ތަޤުދީރުގާ ކަންތައްވަނީ މުޅިން ހީކުރިގޮތާ ޚިލާފަށް. ތީ..ތީ ދެ ކެރިއަރުން.” އޭނާގެ އަތުގާ އޮތް ސިޓީއުރަ ދިއްކޮއްލަމުން އައިހަމް ވަރަށް އަސަރާއެކު ބުންޏެވެ.”ކީކޭ؟؟ ނޫން! ނުވާނެ އެހެނެއް.” ދާނިޝް އަށްވެސް އެކަން ޤަބޫލްކުރަން ދަތިވިއެވެ.”ނޫން ކޮއްކޯ. މީހަމަ ޙަޤީޤަތް. ޤަބޫލް ނުކުރެވެންޏާ ނަތީޖާ ބަލާ ޗެކް ކުރޭ.”އައިހަމް ބުންޏެވެ.”ނޫން. އެ ބެލުމުގެ އެއްވެސް ބޭނުމެއް ނެތް.މިއަދު އަހަރެންގެ ހުރިހާ ހުވަފެނެއް ވެއްޔާ މޮޑެވިގެން ހިނގައެްޖެ.” ދާނިޝް ބާރަށް ރޯން ފެށިއެެވެ.ޒީކުގެ ޙާލު އެއަށްވުރެ ބޮޑެވެ.ޒީކު އެހުރިގޮތަށް ފާޑަކަށް ގަނޑުވެފައި ހުރީއެވެ.ތެދެކެވެ.އެދެމީހުން އެތަނަށް އައީ ކޮންފަދަ އުއްމީދަކާ އެކުގާ ހެއްޔެވެ؟ ނަމަވެސް…

އެދުވަހު ކަންތައްވީ ގޮތުން ޒީކުއާ ދާނިޝްގެ ޢާއިލާވެސް ވަނީ ހަދާނެ ގޮތްހުސްވެފައެވެ. ވަގުތުން ދެމީހުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރެވުނެވެ. މިއީ ޙަޤީޤީ ލޯބި ނޫން ކޮން އެއްޗެއްތޯ އެވެ؟ ދެމީހުންވެސް ހޭހުންނަ ވަގުތުގައި އެކަކު އަނެކަކަށް ގޮވަމުންދެއެވެ. ޒީކު ބެއްލެވުމަށްފަހު، ޑޮކްޓަރ ބުނުއްވީ އޭނާ އެޚިޔާލުތަކާ ދުރުކުރުވުމަށާއި އެހެން ނުވެއްޖެނަމަ،އޭނާގެ ފުރާނަ އަށް ނުރައްކާވެދާނެ ކަމަށެވެ. ދާނިޝްގެ ޑޮކްޓަރުވެސް ލަފާދެއްވީ އެޚިޔާލުތަކުން އޭނާ ދުރުކުރުވުމަށާ ޒީކު ފެންނަ ހިސާބަށް އޭނާ ނުގެންދިޔުމަށެވެ.އަދި ދާނިޝްގެ ސިކުނޑިއަށް ވަރަށް ބޮޑަށް ރެސްޓު ބޭނުންވާ ކަމަށްބުނެ އޭނާ ގެއަށް ފޮނުވާލިއެވެ.ޒީކުވެސް ދެހަފުތާއަށްފަހު،ޑޮކްޓަރުގެ އިރުޝާދުގެ މަތިން ގެއަށް ފޮނުވާލެވުނެވެ.

މިހާރު،ޒީކުގެ ޢާއިލާއިން މަސައްކަތްކުރަމުންދަނީ އޭނާ ދާނިޝްގެ ޚިޔާލުތަކާ ދުރުކޮށް، އެހެން ކައިވެންޏެއް ކުރުވުމަށެވެ.ހަމައެކަނި ޒީކުގެ ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ޓަކައެވެ.ނަމަވެސް އެމީހުން އެކަން ކުރަނީ ޑޮކްޓަރު ބުނިވާހަކަ ސިއްރުކޮށްގެންނެވެ.

ހިތާމައާ ހިތްދަތިކަމުގާ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އަނެއްކާވެސް ޒީކު ކުރިމަތިލާންޖެހުނީ ބޮޑުކަމަކާ އެވެ.ޒީކުގެ މަންމަ ޒީކުގެ ކިބައިން ފަށްފަށުން އެދެމުންދިޔައީ އޭނާގެ ސްކޫލްދައުރުގެ ރައްޓެއްސެއްކަމަށްވާ ހައިކަލް އާ ކައިވެނި ކުރުމަށެވެ.ޒީކުގެ މަންމައަކީ ހިތުގެބަލި ހުންނަ މީހެއްކަމުން ޒީކުއަށް އެކަމާ ދެކޮޅުހެދުމުގެ ޖާގައެއް ނުލިބުނެވެ.އެންމެފަހުން އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ކައިވެނި ކުރާގޮތަށް ހަމަޖެހުނެވެ.ޒީކު އެކަމަށް އެއްބަސްވީ ހައިކަލްދެކެ އޭނާ ލޯބިވާތީއެއްވެސް ނޫނެވެ.އޭނާ އެކަންއެކުރަނީ ހަމައެކަނި މަންމަގެ ޙައްޤުގަ އެވެ.

މިއަދަކީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހެވެ.ދާނިޝް ފަކީރަށް އެކައިވެނީގެ ޚަބަރު ލިބުނުފަހުން ކާއެއްޗެއްވެސް އެތެރެއަކަށް ނުދެއެވެ.ދާނިޝް އެކަނިމާއެކަނި އޮވެގެން ވިސްނަމުންއެދަނީ މިރެއާ ދޭތެރޭގައެވެ.އޭނާ ނުހަނު އުއްމީދާއެކު ކުރަންްއުޅުނު ކައިވެޏަށް ތައްޔާރުކުރި ހެދުން އަޅައިގެން ޒީކު މިރޭ އެހެން މީހަކާ ކައިވެނިކުރަން އުޅޭކަން އޙްސާސް ކުރެވުމުން އެފަކީރަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ޒީކުއާ ހައިކަލްގެ ކައިވެނި ކުރަން ހަމަޖެހިފާވަނީ މިރޭގެ 8:30ގަ އެވެ.މިގަޑި ކައިރިވަމުންދާވަރަކަށް ދާނިޝްގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ.މިހާރު ގަޑިން 8:00ވީއެވެ.ދާނިޝް ހުރީ ނުތަނަވަސްކަމާއެކު ދެކޮޅަށް ހިނގާލަ ހިނގާލައެވެ.ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.އޭނާ ނުތަނަވަސްކަމާއެކު ފޯނު ނަގާ ބަލައިލިއެވެ.އެއީ ދާނިޝްގެ ބޭބެ، އައިހަމްގެ ކޯލެކެވެ. ދާނިޝް މަޑުމަޑުން ފޯނުނަގާ މޮޅިވެރި ރާގަކަށް ‘ހަލޯ’ އޭ ބުނެލިއެވެ.އެވަގުތު އައިހަމް ވަރަށް އަވަސް ރާގަކަށް ވާހަކަ ދައްކަން ފެށިއެވެ.” ކޮއްކޯ. މިގުޅާލީ ވަރަށް މުހިއްމު ވާހަކައެއް ބުނެލަންވެގެން.ބޭެބެއަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ..ބޭބެއަށް މަޢާފް ކުރޭ. ދެންމެ ބޭބެ ރިޕޯޓްތަކެއް ޗެކް ކުރަނިކޮށް އެނގުނީ….ކޮއްކޯ! ކޮއްކޮއަށް ލިބިފައި ތިވަނީ އިބްރާހީމް ނިދާޝް ކިޔާ މީހެއްގެ ތެލެސީމިޔާ ރިޕޯޓް..ސޮރީ ކޮއްކޯ. އަސްލު ކޮއްކޮއަކީ ކެރިއަރެއް ނޫން”  ދާނިޝްގެ ކަންފަތަށް އިވުނު އަޑުތަކާއިމެދު އޭނާއަކަށް އެއްވެސް އިތުބާރެއް ނުކުރެވުނެވެ.އޭނާގެ އަރު ބެދޭގޮތް ވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގުނެވެ.ފޯނު ކަނޑާލުމަށްފަހު، ބޭއިޚްތިޔާރުގައި އޭނާއަށް ދުއްވައިގަނެވުނީ ޒީކުމެން ގެއާ ދިމާލަށެވެ.އޭނާއަށް ދެވޭހާ އަވަހަކަށް ގޮސް އެގޭ ދޮރުމައްޗަށް އެރިވަގުތު…….އާދެ! އޭނާއަށް އެވަގުތު އިވުނީ ހައިކަލްގެ އަޑުން “އަނބި ޤަބޫލު ކޮށްފިން” މިހެން ބުނިއަޑެވެ..އެވަގުތު އޭނާގެ ލޯބިވާ ޒީކު،އެހެން މީހެއްގެ ޙައްޤަކަށް ވީކަމަށް އޭނާއަށް އިޙްސާސް ކުރެވުނެވެ.އަދި ހިތަށްއެރިއެވެ. އަހަރެންނަށް މިއުޅެވުނީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަންނަން ހެއްޔެވެ؟ މިހުރިހާ ދުވަހު އެފަކީރު އުޅުނު ޙާލު ހިތަށްއަރާފާ ރޮވެންފަށައިފި އެވެ.މިއީ ކޮންފަދަ އިންސާފެއް ހެއްޔެވެ؟ މިއަދު ދާނިޝްގެ މަޤާމުގައި ހައިކަލް ހުރުމުގެ މާނައަކީ ފަހެ ކޮބާ ހެއްޔެވެ؟ …އެގެއިން މީހުން ތަންކޮޅެއްމަދުވި ވަގުތު ދާނިޝް އަށް ފެންކަޅިވެފައިވާ ޒީކު ފެނުމާއެކު މެއަށްއެރި ތަދަކާއިއެކު ހޭނެތިގެން ވެއްޓިއްޖެއެވެ.ދާނިޝްގެ މުޅިދިރިއުޅުން އެހޭދަކުރީ އޭނާގެ ލޯބިވާ، ޒީކުއަށް ޓަކައެވެ.

(ނިމުނީ)

ކިޔުންތެރިންގެ ޚިޔާލު

33 ޚިޔާލު

  1. އެމްޕަތީ

    ވަރަށް ސަޅި… ކުދި ކުދި މައްސަލަ އެބަހުރި. ޖުމްލަކޮށް ވަރަށް އަސަރުގަދަ ވާހަކަ އެއް… ކުރިޔަށް ދޭ….

  2. axmi

    ……..wc ash

  3. xaha

    v v v salhi…. keep it up ash………

    • ash

      xaha thnkx ingeyyyy…..

  4. axmi

    …….habbeyxx vaahaka eiiii ash

    • ash

      varah bodah thnkxxxx axmii…:)

  5. arkan

    ވަރަށް ރީތި ވާހަކައެއް، އަދިވެސް މިވާހަކަ ކިޔާހިތްވޭ. ލައިފް އާ ވަރަށް ބޮޑަށް ގުޅުންއެބަހުރި.

    ކޮމެންޓް ރޭޓް ކުރައްވާ 3

    • ash

      thnkx alt br0…

  6. Maanu

    salhi hmivaahaka varah!

    • ash

      thanks

  7. އަރީ

    އަސްލު މިވާހަކައިގެ ފެށުން ސިފަކޮށްދޭން ފަށާފައި ވާގޮތް އެއް ގޮތަކަށްވެސް ކަމަކު ނުދޭ. ހިތްބަރު ނުކުރާތި މިހެން ބުންޔަސް. އުފެއްދުންތެރި ފާޑު ކިޔުމަކީ ކުރިއެރުމެއް. ވާހަކަ ފަށާފައިވަނީ މެންދަމުގެ ހަމަ ހިމޭންކަމުން.. ޖެހިގެން އައި ޖުމުލައިގައި ފަތިހުގެ ވާހަކަ.. ގުޅުމެއް ނެތް އެހެންނޫނތްތޯ.. މެންދަން ސިފަކޮށްދޭން ފަށާފައި ހަމަ ކުއްލިއަކަށް ހާލަތު ބަދަލުވެގެން ގޮސަފައި މިއޮތީ… މިތަނަށް މެންދަމުގެ ސިފަކުރުން ނުގެނައި ނަމަ މި ވާހަކައިގެ ފެށުން ވަރަށް ފުރިހަމަ ވީސް. އަދިވެސް އެބަ ހުރި ބައެއް ތަންތަން ކޮޅު.. އެކަމަ މާ ދިގުވެދާނެތީ ނުހިމަނާނަން. ޖުމުލަކޮށް ވާހަކަ ރީތި.. ކުރިއަށްދޭ.. ވާހަކަ ލިޔުމުގެ ހުނަރު އެބަހުރި.. ޔިކަން ވާނެ ތިޔަ ކުއްޖާއަށް…

    • ash

      thnkx…thi faahaga kuri kanthahthah rangalhu kureveytho balaanan..thikahala coment thakah hama maruhabaa kiyan

  8. naash

    varah loabi mivahaka.. aslu mivahaka kiyeema varah dheravejje…. mivaha ahama habeys

    • ash

      thnk u naash

  9. mohondhu

    v salhi mi waaahaka!! keeep it up !!

    • ash

      varah bodah thnkxxxxxx mohondhu

  10. sohlay

    nyc..vrh obi

    • ash

      thnkx….heekuran vaahaka reethi vi kamah

  11. mety

    habeys vahakei

    • ash

      varah bodah thnkx mety

  12. APHU

    vvvvvvvvvvvvvvvv rytthi.ash vaahaka liyan haadha molhey v v v ryhthi vaahaka.aphu ahves vahakaeh liyedhehchey heheheheheheh

    • ash

      hehe…thnkx ingey aphu..but neynge ehaa molhu koh vaahaka liyaakah

  13. Ismail Shahid

    (:..vaahaka v salhi

    • ash

      thnk yewwwww

      • nuha

        v obi vaahaka..keep it up…(:

        • ash

          thnkx 4 da cmmnt

  14. 7879

    މިއީ 1ވަނަ ދޭނަ ވާހަކަ!. ބަލައްޗޭ

  15. ash

    thnkx ahsani

  16. ahsani

    v v v salhi, keep it up.

  17. އީޝާ

    ވަރަށް ރީތި ވާހަކައެއް، އަދިވެސް މިވާހަކަ ކިޔާހިތްވޭ. ލައިފް އާ ވަރަށް ބޮޑަށް ގުޅުންއެބަހުރި.

    • ash

      thnkx alt

  18. afu

    varah reethi vaakaha ehh heevanee hama hageegee vaahaka ehh henn

    • ash

      thankx

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses