ދިވެހިންގެ ފަޚުރުވެރި ޤައުމީ ދުވަސް

ދިވެހިންގެ ފަޚުރުވެރި ޤައުމީ ދުވަސް

ލިޔުނީ: އަޝްހުރު
މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 70 ވަނަ ޤައުމީ ދުވަހެވެ. ޕޯޗްގީޒުންގެ އަނިޔާވެރި ކަމުން ދިވެހިންގެ ލޮބުވެތި ފަސްގަނޑު ޠާހިރު ކޮށްދެއްވި ދުވަހެވެ. މިނިވަންކަމާއެކީ ދިވެހިންނަށް ނޭވާލުމުގެ ފުރުޞަތު ލިބިފައިވަނީ މީގެ 453 އަހަރެއްހާ ދުވަހުގެ ކުރިންނެވެ. އާދެ ހާހާ ނުވަސަތޭކަ އައްޑިހަ އެއްވަނަ އަހަރު
(981) ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ދުވަހު އެވެ. އެހެންކަމުން އެދުވަހުން ފެށިގެން ދިވެހިން މިދުވަސް ފާހަގަ ކުރަމުން އަންނަނީ ޤައުމީ ދުވަހުގެ ގޮތުގައެވެ.
ދިވެހިންނަށް މިފަޚުރުވެރި އުފާވެރި މިނިވަންކަން ހޯދާދެއްވީ އެ ދަރިއަކަށްޓަކައި ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހު ފަޚުރުވެރިވުން ހައްޤު ދަރިއެކެވެ. އާދެ ތިލަދުންމަތީ އުތީމު ކަޅުއަލީ ޚަތީބުތަކުރުފާނުގެ ހުސައިން ޚަތީބު ތަކުރުފާނުގެ މުޙައްމަދު ތަކުރުފާނެވެ. އާދެ ދިވެހި ތާރީޚުގެ ރަން އަކުރުންނަމަ ބޮޑުތަކުރުފާނެވެ.
އާދެ މުޙައްމަދު ތަކުރުފާނު ދިވެހިންނަށް މިނިވަންކަން ހޯދައި ދެއްވުމަށްޓަކައި ކުރައްވާފައިވަނީ ވަރަށްވެސް މަތިވެރި ޤުރުބާނީ އެކެވެ. މަތިވެރި ޖިހާދެކެވެ. ދިވެހި ބިމުގައި ޕޯޗްގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް އެކަލާނގެ ރަޙްމަތްފުޅުން ތިލަދުންމަތީގައި ދިވެހިން ހިމާޔަތްކުރާނެ ކުޅަދާނަ ދަރިއެއް ލެއްވިއެވެ. އާދެ ބޮޑުތަކުރުފާނު ނުވަތަ އައްސުލްތާނު މުޙައްމަދުތަކުރުފާނުލް އައުޛަމް ސިރީސަވާދިއްތަ ކައްތިރި ބަވަނަ މަހާރަދުން ނެވެ.
ޕޯޗްގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތްކުރުމަށްޓަކައި އެތަކުރުފާނުގެ އަރިހުގައި ބޮޑު ލަޝްކަރެއް ނެތެވެ. ހަމައެކަނި ތިއްބެވީ މަދު މީސްކޮޅެކެވެ. އެތަކުރުފާނުގެ އެއްބަނޑުއެއްބަފާ ހަސަން ތަކުރުފާނާއި، ދުވާފަރު ދަންޑަހެލާ ދެހާޖީން ކަޅޯއްފުއްމީގައި ދުޝްމަނުންނާ ކުރިމަތިލެއްވީ ރަބީއުލް އައްވަލުމަހެއްގެ ހިތްގައިމު ރެއެއްގެ ފަތިހުގައެވެ. އޭރު ޕޯޗްގީޒުންގެ ވެރިއަކަށް ހުރި އަނދިރި އަނދިރިންނާ އަތޮޅުވެރިކަމުގައި ހުރި ވިޔަޒޯރުގެ ދުވަސް ދުއްވާލީ ނުހަނު ހުޝިޔާރުކަމާއެކުގައެވެ. ދުޝްމަނުންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރައްވާ ގައުމަށް ފުރިހަމަ މިނިވަން ހޯއްދަވައި ދެއްވި އެ ބަޠަލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ.
ތިލަދުންމަތީ އުތީމުގައި ފަރިވީ މަލެއްގެ ވަޞީލަތުން
ހިލަބިން މިވަޠަނީ ޤުލްޝަނަށް އާރޯކަމެއް ލިބިދިން ދުވަސް
އާދެ! މިއަދު ދިވެހިރާއްޖޭގައި 70 ވަނަ ޤައުމީ ދުވަސް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. މުޙައްމަދު ތަކުރާފަނަށް ނުވަތަ ބޮޑުތަކުރުފާނު ފަދަ ބަޠަލަކަށް ވާން ބޭނުންވަނީ ކިތައް ފަރުދުން ބާވައެވެ؟ ޤައުމަށް ތެދުވެރި ވަފާތެރި އިޚްލާޞްތެރި ލޯބި ވަނީ ކިތައް ދަރިންބާވައެވެ؟
މިއަދު ޤައުމު މިވަނީ ވަރަށް ބޮޑު ހަލަބޮލި ކަމެއްގެ ތެރޭގައެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި ޤައުމީ މަސްލަހަތަށް އިސްކަންދޭން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ސަރުކާރުގެ އިސްވެރިންނެވެ. އެހެނިހެން ފަރުދުންނެވެ. އާންމުންނެވެ. ބޮޑެތި މީހުނެވެ. ކުޑަކުދިންނެވެ. ޤައުމަށްޓަކައި ފުރާނަދޭން ތައްޔާރަށްތިބި ދަރިންތަކެއް ބިނާކުރަން ޖެހެއެވެ. އެހެންނޫނީ އެތަކުރުފާނުފަދަ ޤައުމީ ބަޠަލެއް ދެން ދިވހި ފަސްގަނޑުން ނުފެނި ދާނެއެވެ. ކޮންމެ މަޔަކާ ބަފަޔަކުވެސް އެތަކުރުފާނު ފަދަ ޤައުމީ ދަރިއަކު ބައްޓަންކޮށް ދެވޭތޯ ތަރުބިއްޔާތު ފަށާށެވ. މިއަދަކީ އެކަމަށް ހަމަ އެންމެ ރަނގަޅު ދުވަހެވެ.
އަހަރެންގެ މޭ ޤައުމަށްޓަަކައި އައްޑަނައަކަށް ދިއްކޮށްލުމީ
ފަހުނޭވަޔަށް ދަންދެން މޮޓޯ ކަމުގައި ޚިޔާރު ކުރާނަމޭ
އައްނާނ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެެން މެޔަށް
ގަންނާކުރެއްވި ބިރުންފިލަން ދާމީހަކަށް މަނުވާނަމޭ

ކިޔުންތެރިންގެ ޚިޔާލު

2 ޚިޔާލު

  1. މުޙައްމަދު ޙުސައިން

    ބޮޑުތަކުރުފާނު ފަދަ އެކަކު އެބައުޅޭ އަވަށްޓެރި ޤައުމެއްގަ… ޕޯޗްގީޒުންނަކަށް ދެން ފާޑުފާޑެއް ނުދެއްކޭނެ.. އެހުރީނު އަހަރުމެންގެ “ރޮބިންހޫޑް ޕާންޑޭ” “ދަބަންގ ބޭބެ” “ސައްލޫބާއި” ދޯ ސަލްމާން ޚާން … އުމުރިސް ޕޫރީ އަކަށް ނޭނގޭދޯ؟……

  2. ސަލްމާން ޚާން

    ވ މޮޅު ލިޔުމެއް. އަލިފުށީގައި އުފެދިފައިވާ ކުޅަދާނަ ބަޠަލެއްތީ. “އޯލް އިން ވަން ” އެއް . އެހެންނު އުމުރިޝްޕޫރީ

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses