ޓޫއޯޓޫ ސޭ ޢީދުމަސްރޭސް 1433 މިއަދު މިއަދު ފަހު ފަށަނީ

ޓޫއޯޓޫ ސޭ ޢީދުމަސްރޭސް 1433 މިއަދު މިއަދު ފަހު ފަށަނީ

ފިތުރު ޢީދުގެ މުނާސަބަތުގައި ސޮސައިޓި ފޯރ އަލިފުށީ ޔޫތް (ސޭ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ މަސްރޭސް، “ޓުއޯޓޫ ސޭ ޢީދުމަސްރޭސް 1433” މިއަދު މެންދުރު ފަހު 2:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. 18 ޓީމު ބައިވެރިވާ މިމިސްރޭހުގައި ކޮންމެ ޓީމަކުންވެސް 10 މެމްނަރުން ވަނީ ބައިވެރިވެފައެވެ.

ސޭއިން މަޢުލޫމާތު ދޭގޮތުގައި މިމުބާރާތް ފެއްޓުމުގެ ގޮތުން މިއަދު 2:00 ގައި އަލިފުށީ އުތުރު ފަރާތު ބަނދަރު ޞަރަޙައްދުގައި ޚާއްސަ ރަސްމީއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3:00 ގައި ފުރިހާ ދޯންޏެއް ވެސް އެކީގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު 11:00 ގެ ކުރިން ދޯނިތައް އެނބުރި ރަށަށް އައުމަށް ހަމަޖެހިފައިވެއެވެ.

ޓޫއޯޓު ސޭ ޢީދުމަސްރޭސް ހިނގަމުންދާ ގޮތް އަލިފުށީ އޮންލައިނުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses