އަލިފުށީ ސުކޫލު އިންޓަރ ހައުސް 12 ވަނަ ދިވެހި ހަފްތާ ފެށިއްޖެ

އަލިފުށީ ސުކޫލު އިންޓަރ ހައުސް 12 ވަނަ ދިވެހި ހަފްތާ ފެށިއްޖެ

އަލިފުށީ ސުކޫލު އިންޓަރ ހައުސް 12 ވަނަ ދިވެހި ހަފްތާ ފެށިގެން ކުރިއަށް އެބަދެއެވެ. ގުރޭޑު 1 ން 10 އަށް ދަރިވަރުން ބައިވެރިވި މިހަރަކާތުގައި އަންހެން އަދި ފިރިހެން ޖުމްލަ 170 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. 19 ޖޫން 2011 ( އާދިއްތަ ) ދުވަހު ފެށި އެސުކޫލުގެ ދިވެހި ހަފްތާގައި މިހާތަނަށްވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ތިކިޖެހިތާނަ، މަޒުމޫނު ލިޔުން، ބަސްހެދުން، ކުރުވާހަކަ ލިޔުން، ތަސްވީރަށް ޖުމްލަ ހެދުން، ސިޓީ ލިޔުން، ފަންގިވިނުން، ރޯނުވެށުން ހިމެނެއެވެ. އަދި ދިވެހި ހަފްތާގެ ކުރިއަށްހުރި ހަރަކާތް ތަކުގެ ތެރޭގައި ރައިވަރު ކިޔުން، ޖޫނިއަރ އަދި ސީނިއަރ ދަރިވަރުންގެ ބަހުސް، ވާހަކަ ކިޔުން އަދި ޕްރޮގްރާމް ހުށަހެޅުން ފާހަގަ ކުރެވެއެވެ.

އަހަރަކު އެއްފަހަރު އަލިފުށީ ސުކޫލުން ބާއްވަމުން އަންނަ މިދިވެހި ހަފްތާގެ މައިގަނޑު މަޤުޞަދަކީ، ތަޢުލީމީ ގޮތުން ދަރިވަރުންގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، އެކިއެކި ހުނަރުތައް ދަސްކޮށްދިނުމަށް ފުރުޞަތު ހުޅުވާލެވުމާއި އަދި ދިވެހި ޡަޤާފަތާއި އާދަކާދަތަކަށް ދަރިވަރުންގެ ލޯ ހުޅުވުންކަމަށް އަލިފުށީ ސުކޫލުން މައުލޫމާތު ދެއްވިއެވެ. އަލިފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ސުކޫލުގެ އިސްބޭފުޅަކު ވިދާޅުވީ މިއަހަރުގެ ދިވެހި ހަފްތާގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލިފުށީ ސުކޫލުގެ ދިވެހި މުދައްރިސް އަލީ ޝަހީމްގެ އިތުރުން، ދުވާފަރު ޕްރައިމަރީ ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް ހުސައިންފުޅާއި، ވާދޫ ސުކޫލުގެ ދިވެހި މުދައްރިސް އަލްފާޟިލާ އާއިޝަތު ޒިދުނާއެވެ. މިދިވެހި ހަފްތާ ނިންމުމަށް ހަމަޖައްސާފައިވަނީ 2011 ޖޫން 28 ވާ އަންގާރަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ޚިޔާލު

2 ޚިޔާލު

  1. Suhey Yusuf

    bro Foto hunnaane Our Official facebook page ga, http://www.facebook.com/alifushi
    dhen dhivehi hafthaage pics fennaane mi link ah click kolleema.
    http://www.facebook.com/media/set/?set=a.10150229382992440.338490.258499372439

  2. ahmed rasheed

    divehi hafthaage photo thah upload kohdheebala…..plx….

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses