ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފި

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފި

މިއަހަރުގެ ޝަހީދުންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމުގެ ގޮތުން އަލިފުށީ ސްކޫލުގައި ޚާއްޞަ ޖަލްސާއެއް މިރޭ ބާއްވައިފިއެވެ. އަލިފުށީ ސްކޫލުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވި މިޖަލްސާގެ ޝަރަފްވެރި ކޮށްދެއްވީ އަލިފުށީ ކައުންސިލްގެ މެމްބަރ އަލްފާޟިލް އަލީ ޝާހިދުއެވެ. މިރޭގެ ޖަލްސާގައި އަލިފުށީގެ ސަރުކާރު މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި މިރޭގެ ޖަލްސާގައި އަލިފުށީ ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރަކު ވަނީ ދުވަހާއި ގުޅޭ ގޮތުން ވަރަށް ތަފްޞީލްކޮށް ވާހަކަ ދައްކާފައެވެ. އަދި އަލިފުށީ ސްކޫލު ދަރިވަރުންކޮޅެއް ދުވަހާއި ގުޅޭގޮތުން ޝުޢޫރު ފާޅުކޮށްފައިވެސްވެއެވެ. މީގެ އިތުރުން ޖަލްސާގެ ޝަރަފްވެރި މެހެމާން އަލިފުށީ ކައުންސިލް މެމްބަރ އަލްފާޟިލް އަލީ ޝާހިދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިރޭގެ ޖަލްސާގައި ދުވަހާއި ގުޅޭ ގޮތުން އަލިފުށީ ސްކޫލުގެ ދަރިވަރުންތަކެއް ވަނީ ޚާއްޞަ އައިޓަމެއް ހުށަހަޅާދީފައެވެ. އެގޮތުން އެދަރިވަރުން ވަނީ އަލިރަސްގެފާނު ޝަހީދުވިގޮތުގެ ކުރު ތަމްސީލުކޮޅެއް ހުށަހަޅާދީފައެވެ. އަދި މިރޭގެ ޖަލްސާ ނިންމާލާފައިވަނީ ޝަހީދުންގެ ދުވަހާއި ގުޅޭގޮތުން ދަރިވަރުން ހުށަހަޅާދިން ޚާއްޞަ ލަވައަކުންވެ.

މިލިޔުމާއި ގުޅޭ ފޮޓޯ ބެއްލެވުމަށް

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses