ކެންސަރު ޖެހި ހާލުގައި ޖެހިފައިވާ ޢަބްދުލް މަޖީދުއަށް އެހީވެދެއްވާ!

ކެންސަރު ޖެހި ހާލުގައި ޖެހިފައިވާ ޢަބްދުލް މަޖީދުއަށް އެހީވެދެއްވާ!

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުއުމިންނަކީ އަޚުންތަކެއްކަމުގައި ކީރިތި ޤްރްއާނުގައި ﷲ ސުބްހާނަހޫ ވަޠަޢާލާ އަންގަވާފައިވެއެވެ. އަދި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބޭނުން ފުއްދައިދިނުމަކީ ގިނަ ގުނަ ޡަވާބު ލިބޭ ކަމެއްކަމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ.

މިކަމަށް ޤްރްއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެތަށް ދަލީލެއްވެއެވެ. އޭގެތެރެއިން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ. ” އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ” ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”

w

ތ.ތިމަރަފުށީ ދިލްވާރުގެ އުމުރުން 60 އަހަރުގެ ޢަބްދުލް މަޖީދް މާހިރު އަކީ ފުއްޕާމޭގެ ކެންސަރު ޖެހި 3 ވަނަ ސްޓޭޖަށް ގޮސްފައިވާ މީހެކެވެ. ފައިސާގެ ދަތިކަމާހުރެ ، ފަރުވާ ކުރުން މެދު ކެނޑިފައިވާ ފަރާތެކެވެ. ޢަބްދުލް މަޖީދުއަށް ކެންސަރު ޖެހިފައިވާކަން މިދިޔަ އަހަރު އެނގުމާއެކު ، އާއްމުންގެ ދީލަތި އެހީއާއެކު ފަރުވާ ކުރުމަށް އިންޑިޔާއަށް ދިޔުމުން އެނގިގެންދިޔައީ ޢަބްދުލް މަޖީދުއަށް ކީމޯ ދިނުމަށްފަހު އޮޕަރޭޝަންކޮށްގެން ޓިޔުމަރު ނެގޭނެކަމަށެވެ. ޢަބްދުލް މަޖީދު ބަލަމުންދާ އޭނާގެ އަންހެން ދަރިފުޅު ނަޝްވާ މަޢުލޫމާތު ދިން ގޮތުގައި 6 މަސް ވަންދެން ކީމޯ ދޭން ޖެހޭނެކަމަށް ޑޮކްޓަރު ބުނާކަމަށާއި އޮޕަރޭޝަން ކުރެވޭނީ އޭގެ ފަހުން ކަމަށެވެ. އަތުގައި އެހާ ފައިސާ ނެތުމުން 3 މަސް ދުވަހުގެ ބޭސް ދިނުމަށްފަހު ރާއްޖެ އަންނަން ޖެހުނީކަމަށް ނަޝްވާ މަޢުލޫމާތު ދިނެވެ. އަދި 6 މަސް ދުވަހު އިންޑިޔާގައި ތިބުމަށާއި އަދި ފަރުވާއަށް 8000 ޑޮލަރު ( 123360 ދިވެހި ރުފިޔާ ) ބޭނުންވާ ކަމަށެވެ.

ww

ތިމާގެ ލޯބިވާ ބައްޕަ އެފަދަ ހާލެއްގައި އުޅޭތަން ދެކެން އެއްވެސް ދަރިއަކަށް ކެތެއްނުވާނެއެވެ. ލިބޭ ކުޑަ ފައިސާ ކޮޅުން މިހާ ބޮޑު ޚަރަދެއް ނުކުރެވޭނެކަމަށާއި އެހެން ކަމުން ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން ކިބައިން އެހީއަށް އެދޭކަމަށް ނަޝްވާ ބުންޏެވެ. އަމިއްލަ 7 ދަރިންނާއި އެއްބަނޑު އެއްބަފާ ކުއްޖެއް ބަލަމުންދާ ނަޝްވާ އަކީ އަބްދުލް މަޖީދު މާހިރުގެ އެންމެ ދޮށީ ދަރިފުޅެވެ. ބައްޕަ ބަލަމުންދަނީ ވެސް ނަޝްވާއެވެ.

www

wwww

ނަޝްވާގެ ބައްޕަގެ ބައްޔާއި އަދި އިތުރު މަޢުލޫމާތު ހޯދުމަށް ނަޝްވާގެ ނަންބަރު 9968215 އާ ގުޅުއްވުން އެދެމެވެ. އަދި އެހީތެރިކަން ދެއްވަން ބޭނުންވާ ފަރާތްތަކުން ނަޝްވާގެ ދޮށީ ދަރިފުޅު ޢަލީ ފަރްހާންގެ ބީއެމްއެލް އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ. ޢަލީ ފަރްހާންގެ ބީއެމްއެލް އެކައުންޓްގެ ނަންބަރަކީ 7730000133664 އެވެ.

 

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses