ފުޓްސަލް ޗެލެންޖް 2017 ގައި ބައިވެރިވާ އަލިފުށި ފުޓްސަލް ޓީމްގެ ޖާޒީ ހަވާލު ކޮށްފި

ފުޓްސަލް ޗެލެންޖް 2017  ގައި ބައިވެރިވާ އަލިފުށި ފުޓްސަލް ޓީމްގެ ޖާޒީ ހަވާލު ކޮށްފި

ކެޕްޓަން ބޭންޑް ފުގޭ އާ ހަވާލު ކުރަނީ | ފޮޓޯ: އަލިފުށި ފުޓްބޯޅަ ޓީމް ޕޭޖް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިގެން  ބާއްވާ ” ސޮނީ ސްޕޯޓްސް ފުޓްސަލް ޗެލެންޖް 2017 ” ގައި ބައިވެރިވާ އަލިފުށި ފުޓްސަލް ޓީމްގެ ޖާޒީ ހަވާލުކުރުން ރޭގައި ބާއްވައިފިއެވެ.

ރޭ 9:00 ގައި ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި އޮތް ރަސްމިޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުން މަޖިލީހުގެ އަލިފުށި ދާއިރާ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ( ބިގޭ ) އެވެ. ރޭގެ ރަސްމިޔާތުގައި ވަނީ ޓީމްގެ ކެޕްޓަނަށް ބޭންޑް ވެސް ހަވާލުކޮށްފައެވެ. މި މުބާރާތުގައި އަލިފުށި ޓީމުގެ ކެޕްޓަނަކީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގެ ކުޅުންތެރިޔެއްކަމަށްވާ އިބްރާހީމް ފުރްޤާން ( ފުގޭ ) އެވެ.

ޖާޒީ ހަވާލު ކުރުމުގެ ރަސްމިޔާތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ކެޕްޓަން މުޙައްމަދު ރަޝީދު ( ހޮކޭ ) ވެސް ބައިވެރިވިއެވެ.

22492041_1929345177388358_3522181486186210232_n

އަލިފުށި ފުޓްސަލް ޓީމްގެ ކުޅުންތެރިޔަކަށް ހޮކޭ ޖާޒީ ހަވާލު ކުރަނީ | ފޮޓޯ: އަލިފުށި ފުޓްބޯޅަ ޓީމް ޕޭޖް

ސޮނީ ސްޕޯޓްސް ފުޓްސަލް ޗެލެންޖްގައި ރ.އަތޮޅުން 4 ޓީމް ބައިވެރިވެފައިވެއެވެ. އަލިފުށީގެ އިތުރުން ދުވާފަރު ، އިނގުރައިދޫ އަދި މަޑުއްވަރިން ވެސް ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތް ކުރިއަށްދަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރަކީ އަތޮޅު ބުރު ކަމަށްވާއިރު، ލީގު އުސޫލުން ކުޅުމަށް ފަހު އަތޮޅު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަށެވެ. އަތޮޅު ޗެމްޕިއަނުން ވާދަކުރާ ޒޯން ބުރު ވެސް ލީގު އުސޫލުން ކުޅުމަށް ފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަށެވެ. އަދި ޒޯން ބުރުގެ ރަނަރަޕާއި ޗެމްޕިއަނުންނަށް މުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ލިބިގެންދާނެ އެވެ.

މިއަހަރު ވަނީ މުބާރާތުގެ ފައިސާގެ އިނާމުވެސް ބޮޑުކޮށްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދިން އިރު ، މިއަހަރު 65000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މިދިޔަ އަހަރު ރަނައަޕް ޓީމަށް 15000 ރުފިޔާ ދިން އިރު ، މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 25000 ރުފިޔާއެވެ.

މި މުބާރާތުގައި އަލިފުށި ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބައްދަލު ކުރާނީ އިނގުރައިދޫއާ ދެކޮޅަށެވެ. މި މެޗް އޮންނާނީ މިރޭ 10:00ގައެވެ.

ސޮނީ ސްޕޯޓްސް ފުޓްސަލް ޗެލެންޖް 2017 ގައި ވާދަކުރާ އަލިފުށި ފުޓްސަލް ޓީމް

1  – ސަނާއު ރަޝީދު ( ކަޓޯ )

2  – ޙުސައިން ޖިނާހް ( ސެނާ )

3  – އަޙްމަދު ރީޝަން ( ބެއްބެ )

4  – އިސްމާޢީލް މަމްދޫޙް ( މަންޑޭ )

5  – މޫސާ ޙުސައިން ( މޫސަ )

6  – އިބްރާހީމް ފުރްޤާން ( ފުގޭ ) ކެޕްޓަން

7  – އިބްރާހީމް ސަލާމް ( ސަލް )

8  – އަޙްމަދު އަޒްމީރް ( އަޑު )

9  – އަޙްމަދު ރިޒްނީ ( ކޮއްކޮ )

10 – އަޙްމަދު ވިޖްދާން ( ވިޖޫ )

11 – އަޙްމަދު މުއާޒް ( ސައިއްކޮ )

12 – އިބްރާހީމް ޝާހިދު ( އިބްކޮ )

13 – ޙުސައިން އަޒްމީލް ( ހުސެން ) ކޯޗް

14 – މުޙައްމަދު ޙަސަން ( އެމްކޭ ) އެސިސްޓެންޓް ކޯޗް

15 – ޢަބްދުﷲ ރަޝީދު ( އަބުލޯ ) އޮފިސަލް

16 – ޢަބްދުﷲ ހަނީފް ( ހަނިއްޕެ ) މެނޭޖަރ

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses