ޤްރްއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ބުރާސްފަތި ދުވަހާ ހަމަޔަށް

ޤްރްއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ބުރާސްފަތި ދުވަހާ ހަމަޔަށް

2013 ވަނަ އަހަރު ބޭއްވި އޮޑިޝަންގެ ތެރެއިން | ފައިލް ފޮޓޯ: އަލިފުށި އޮންލައިން

ރ.އަތޮޅު ކައުންސިލްގެ ޤްރްއާން މުބާރާތަށް އަލިފުށިން ކުދިން ނެގުމަށް ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވާނީ ބުރާސްފަތި ދުވަހުއެވެ.

އަލިފުށި ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި އޮޑިޝަން އޮންނާނެ ދުވަހެއް އެނގޭނީ ބައިވެރިވާ ކުދިންގެ ޢަދަދަށް ބަލާފައިކަމަށެވެ. ބައިވެރިވާ ކުދިން ގިނަ ވެއްޖެ ނަމަ ، އޮޑިޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަށް ބަހާލައިގެންކަމަށާއި ފުރުތަމަ ބުރުގައި ރަށުގެ ފަނޑިޔާރުން ބޭނުން ކޮށްގެން 50 ކުދިން ނެގުމަށްފަހު ، އަތޮޅު މުބާރާތަށް ކުދިން ނަގާނީ ، މާލެއިން ފަނޑިޔާރުން ގެނެސްގެން ކަމަށް އަލިފުށި ކައުންސިލުން މަޢުލޫމާތުދެއެވެ. އޮޑިޝަންގައި މަދުން ކުދިން ބައިވެރި ވެއްޖެ ނަމަ ، އޮޑިޝަން ކުރިޔަށް ގެންދާނީ މާލެއިން ފަނޑިޔާރުން ގެނެސް ، އެއްބުރަށް ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މި އޮޑިޝަންގައި އޮންނާނީ 2 ބައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބައެވެ. ބަލައިގެން ކިޔެވުމުގައި ބައިގައި ކިޔެވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން 10 ފޮތާއި 20 ފޮތާއި އަދި މުޅި ޤްރްއާން އެއްކޮށެވެ. އަދި ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި އަދި 20 ފޮތެވެ.

އަތޮޅު ކައުންސިލް ޤްރްއާން މުބާރާތަށް ކޮންމެ ރަށަކުން 6 ބައިވެރިން ނަގާއިރު ، މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިފުށީގައެވެ.

އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑިތަކުގައި އަލިފުށި ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށާ ފޯމް ހުށައެޅުމުގެ އެންމެ ފަހު ވަގުތަކީ 28 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ކަމަށް އެކައުންސިލުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses