ރ.އަތޮޅު ކައުންސިލްގެ ޤްރްއާން މުބާރާތް މިއަހަރު އޮންނާނީ އަލިފުށީގައި

ރ.އަތޮޅު ކައުންސިލްގެ ޤްރްއާން މުބާރާތް މިއަހަރު އޮންނާނީ އަލިފުށީގައި

ރ.އަތޮޅު ކައުންސިލްގެ ޤްރްއާން މުބާރާތް 2012 ގެ ތެރެއިން | ފޮޓޯ: އަލިފުށި އޮންލައިން

ރ.އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ޤްރްއާން މުބާރާތް ، މިއަހަރު އޮންނާނީ އަލިފުށީގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތް ބޭއްވުމަށް ޕްރޮޕޯސަލް ހުށައަޅާފައިވަނީ ހަމައެކަނި އަލިފުށިން ކަމަށާއި އެހެން ކަމުން މިއަހަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިފުށީގައިކަމަށެވެ. އަލިފުށި ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުކަމަށެވެ. މި މުބާރާތް ބޭއްވުމަށް ކުރިން ހަމަޖެހިފައިވީ މި ހިނގާ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުކަމަށާއި ނަމަވެސް އެދުވަސްވަރަކީ އަޟްހާ ޢީދު ދުވަސްވަރުކަމުން މުބާރާތް ފަސްކުރީކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ދެ ބައި ހިމެނޭ މި މުބާރާތުގައި އޮންނާނީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބައެވެ. ބަލައިގެން ކިޔެވުމުގައި ބައިގައި ކިޔެވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން 10 ފޮތާއި 20 ފޮތާއި އަދި މުޅި ޤްރްއާން އެއްކޮށެވެ. އަދި ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި އަދި 20 ފޮތެވެ.

މި މުބާރާތުގައި ރ.އަތޮޅުގެ 15 ރަށުން ކޮންމެ ރަށަކުން 6 ދަރިވަރުން ބައިވެރިވާނެއެވެ. މި މުބާރާތަށް ކުދިން ނެގުމަށް ރަށްރަށުގެ ކައުންސިލްތަކުން މިހާރުވަނީ އޮޑިޝަންތައް ބާއްވާފައެވެ. އަދި ބައެއް ރަށްރަށުން އޮޑިޝަން ބާއްވަން ތައްޔާރުވަމުންދެއެވެ.

އަތޮޅު ކައުންސިލްގެ ޤްރްއާން މުބާރާތަށް އަލިފުށިން ކުދިން ނެގުމަށް ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ރ.އަތޮޅު ކައުންސިލްގެ 2012 ވަނަ އަހަރު ޤްރްއާން މުބާރާތް ބާއްވާފައިވަނީ އަލިފުށީގައެވެ.

 

 

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. އަޙްމަދު

    ޤައުމީ މުބާރާތް ނިމުނީމަ ތިޔަ މުބާރާތް އަތޮޅު ފެންވަރުގައި ބާއްވަނީ ނަމެއްގައި މުބާރާތެއް ބޭއްވީމޭ ބުނަންދޯ

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses