ހޮކޭގެ ކެޕްޓަންކަމުގައި އަލިފުށި ޓީމް އައިލެންޑް ކަޕަށް ފުރިހަމައަށް ތައްޔާރުވެފައި!

ހޮކޭގެ ކެޕްޓަންކަމުގައި އަލިފުށި ޓީމް އައިލެންޑް ކަޕަށް ފުރިހަމައަށް ތައްޔާރުވެފައި!

އަލިފުށި ދާއިރާގެ މެންބަރ ބިގޭ ހޮކޭ އަށް ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވަނީ|

އެޗް.އޭ.އެފް އައިލެންޑް ކަޕް 2017ގައި ރ. އަލިފުށި ތަމްޞީލުކުރާ ޓީމް މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެޓީމްގެ މެނޭޖަރ ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

މިމުބާރާތުގައި މިއަހަރު އަލިފުށި ޓީމް ކުޅޭނީ، އެރަށަށް ނިޞްބަތްވާ ރާއްޖޭގެ ޤައުމީ ޓީމްގެ ކުޅުންތެރިޔާ މުޙައްމަދު ރަޝީދު (ހޮކޭ) ގެ ކެޕްޓަންކަމުގައެވެ. މީގެއިތުރުން ޓީމް އެކުލަވާލެވިފައިވަނީ އަލިފުށީގެ އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ކަމަށާއި، އޭގެތެރޭގައި ފަސްޓް ޑިވިޝަންއަށް ކުޅޭ ކުޅުންތެރިންނާއި ފުޓްސެލް ނެޝަނަލް ޓީމްގެ ކުޅުންތެރިއެއްވެސް ހިމެނޭ ކަމަށް ޓީމްގެ މެނޭޖަރ މަޢުލޫމާތުދެއްވިއެވެ. މެނޭޖަރ ފާހަގަކުރެއްވި ގޮތުގައި އަލިފުށި ޓީމް ފުރިހަމަވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޓީމްގެ ކޯޗަކަށް ޕްރޮފެޝަނަލް ކޯޗް މަޝްޙޫރު އަޙުމަދު ނިޔާޒް (ނިޔާ) ހުރުމެވެ. އަދި މިފަހަރުގެ މުބާރާތަށް އަލިފުށީގެ ޓީމް ނުކުންނަނީ ވަރަށް ޖޯޝާއެކު، ސީދާ ޗެމްޕިއަންކަމަށް އަމާޒު ހިފައިގެން ކަމަށްވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަލިފުށި ފުޓްސަލް ޓީމްް

އައިލެންޑް ކަޕްގައި ވާދަކުރާ އަލިފުށި ފުޓްސަލް ޓީމްގެ ކޯޗް އަޙްމަދު ނިޔާޒްއަށް ޖާޒީ ހަވާލު ކުރަނީ

މިހިނގާ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެޗް.އޭ.އެފް އައިލެންޑް ކަޕްގައި ބައިވެރިވާ އަލިފުށީ ޓީމްގެ ބައިވެރިންނަށް ޖަރޒީ ޙަވާލުކޮށްދެއްވައި މުޙައްމަދު ރަޝީދު (ހޮކޭ) އަށް ކެޕްޓަން ބޭންޑް ޙަވާލުކޮށްދެއްވީ ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު (ބިގޭ) އެވެ.

އަލިފުށި ޓީމް މިހިސާބަށް ގެނައުމުގައި އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދާއި ސަލްސާ ރޯޔަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އާމިރު އަދި އަލިފުށީގެ ޒުވާނުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ޓީމްގެ މެނޭޖްމެންޓުން ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އަލިފުށީގެ ވިޔަފާރިވެރިންނާއި ކައުންސިލްގެ ފަރާތުން ލިބޭ އެއްބާރުލުން މެނޭޖްމަންޓުން ފާހަގަކުރިއެވެ. މީގެއިތުރުން ކުރީގެ މުބާރާތްތަކުގައި އެރަށުގެ ޒުވާނުންނާއި ޢާންމުންގެ ފަރާތުން އަލިފުށި ޓީމަށް ލިބިގެންދިޔަ ފަދަ ފުރިހަމަ ސަޕޯޓަކާ އެއްބާރުލުމެއް މިފަހަރުގެ މުބާރާތުގައިވެސް ލިބިގެންދާނެ ކަމަށް މެނޭޖްމެންޓުން އުއްމީދުކުރެއެވެ.

ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އަލިފުށީ ޓީމް ވަނީ 2016 ވަނަ އަހަރު މި މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައެވެ.

މިއަހަރު މުބާރާތުގައި އަލިފުށި ފުޓްސަލް ޓީމް ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި އަލިފުށިގެ އިތުރުން ދެން ހިމެނެނީ ގދ. މަޑަވެލި ، ދ.ކުޑަހުވަދޫ ، ކ.ގުޅި އަދި ތ. ވޭމަންޑޫއެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. އޭނަ

    ކުޅުންތެރިންގެ ނަންތަށް ހިމަނާލި ނަމަ ލިޔުން ފުރިހަމަ ވާނެ.

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses