މިއަދު އިނގުރައިދޫ ކުޅޭ ފައިނަލް މެޗް ލައިވް ކުރާނެ

މިއަދު އިނގުރައިދޫ ކުޅޭ ފައިނަލް މެޗް ލައިވް ކުރާނެ

ފަސްޓްލޭޑީ ބަށި މުބާރާތުގައި ވާދަކުރާ އިނގުރައިދޫ ބަށި ޓީމް | ފޮޓޯ: ޢަބްދުﷲ ޙުސައިން

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގެ ޒޯން 1 ގެ ފައިނަލްގައި ރ.އިނގުރައިދޫ އާއި ނ.މާފަރު މިއަދު ބައްދަލުކުރާ މެޗް ޕީއެސްއެމް އިން ލައިވް ކުރާނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރ.އިނގުރައިދޫ ދާއިރާގެ އަތޮޅު މެންބަރ އަދި ރ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ޢަބްދުﷲ ޙުސައިން ފޭސްބުކްގައި ވިދާޅުވެފައިވަނީ މިއަދު ހަވީރު އިނގުރައިދޫ އާއި މާފަރު ވާދަކުރާ ފައިނަލް މެޗް ޕީއެސްއެމް އިން ލައިވް ކުރާނެކަމަށެވެ. ލައިވް ކުރާނީ ޕީއެސްއެމްގެ ކޮން ޗެނަލް އަކުން ކަމެއް އެނގިފައެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހު ކުޅެން ފެށި މި ޒޯންގެ ފައިނަލަށް އިނގުރައިދޫ ދަތުރު ކުރީ ފުރަތަމަ މެޗުން މާފަރު އަތުން ބަލިވެ ، ދެން ޖެހިގެން އައި ދެ މެޗުން މޮޅުވެގެންނެވެ. އިއްޔެ ހެނދުނު ށ.ގޮއިދޫ އާ ބައްދަލުކޮށް އިނގުރައިދޫ މޮޅުވީ 21 ލަނޑު 18 ލަނޑުންނެވެ. އަދި ހަވީރު ހއ. ކެލާ އަތުން މޮޅުވީ 25 ލަނޑު 22 ލަނޑުންނެވެ.

މި ޒޯންގެ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރު 4:00 ގައި ށ.ގޮއިދޫ ބަށި ކޯޓްގައެވެ. މި ޒޯންގެ ހުރިހާ މެޗެއް ވެސް ކުޅެމުންދަނީ ށ.ގޮއިދޫގައެވެ.

“އަލިފުށި އޮންލައިން ” ގެ ފަރާތުން އިނގުރައިދޫ ބަށި ޓީމަށް ކާމިޔާބީއަށް އެދެމެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses