ޒޯން 1 ގައި އިނގުރައިދޫ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ޒޯން 1 ގައި އިނގުރައިދޫ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ފަސްޓްލޭޑީ ބަށި މުބާރާތުގައި ވާދަކުރާ އިނގުރައިދޫ ބަށިޓީމް | ފޮޓޯ:ޢަބްދުﷲ ޙުސައިން

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގެ ޒޯން 1 ގައި ރ.އިނގުރައިދޫ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

އިއްޔެ ހަވީރު 5:00 ގައި ށ.ގޮއިދޫ  ބަށި ކޯޓުގައި ނ.މާފަރު ބަށިޓީމާ ބައްދަލުކޮށް އިނގުރައިދޫ ޓީމު ބަލިވީ 20 ލަނޑު 26 ލަނޑުންނެވެ. މެޗުގެ ގެ ފުރަތަމަ އިނިންގްސް ގައި އިނގުރައިދޫ ޓީމަށް 9 ލަނޑު ހެދުނުއިރު ، މާފަރު ޓީމު 11 ލަނޑު ހެދިއެވެ. ދެވަނަ އިނިންގްސްގައި އިނގުރައިދޫ ޓީމުން 11 ލަނޑު ހެދުނު އިރު ، މާފަރު ޓީމު 15 ލަނޑު ހެދިއެވެ.

މި މުބާރާތުގެ ޒޯން 1 ގެ ކުޅުން އިއްޔެ ފެށި އިރު ، ފުރަތަމަ މެޗުގައި ބައްދަލުކުރީ ށ.ގޮއިދޫ އާއި ހ.އ ކެލާއެވެ. މި މެޗު ގޮއިދޫ ޓީމު ކާމިޔާބު ކުރީ 21 ލަނޑު 20 ލަނޑުގެ ކުޑަ ތަފާތަކުންނެވެ. މި މުބާރާތުގައި ރ.އިނގުރައިދޫ ، ހއ.ކެލާ ، ށ.ގޮއިދޫ އަދި ނ.މާފަރު ވާދަކުރާ މި ޒޯނުގައި އިނގުރައިދޫ ކުޅޭ ދެވަނަ މެޗުގައި މިއަދު ހެނދުނު 7:00 ގައި ގޮއިދޫ އާ ވާދަކުރާއިރު ، ހަވީރު 5:00 ގައި ވާދަކުރާނީ ހއ.ކެލާ ޓީމާއެވެ.

މި މުބާރާތުގައި ވާދަކުރުމަށް އިނގުރައިދޫ ޓީމު ށ.ގޮއިދޫއަށް ދިޔައީ އިއްޔެއެވެ. އިނގުރައިދޫ މި މުބާރާތަށް ހޮވުނީ ރ.އަތޮޅުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

 

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses