އެންމެ އަލިގަދަ ތަރިއަށް ހޮވުނީ މުޙައްމަދު އިސްމާޢިލް

އެންމެ އަލިގަދަ ތަރިއަށް ހޮވުނީ މުޙައްމަދު އިސްމާޢިލް

އެންމެ އަލިގަދަ ތަރި އަށް ހޮވުނު މުޙައްމަދު އިސްމާޢީލަށް ޓްރޮފީ ހަވާލު ކުރަނީ | ފޮޓޯ: ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ކީރިތި ޤްރްއާން ޤްރްއާން މުބާރާތެއް ކަމަށްވާ  ދިވެހިރާއްޖޭގެ ” އެންމެ އަލިގަދަ ތަރި ” އަކަށް މިއަހަރު ހޮވުނީ ފ.ނިލަންދޫ ގްރީންހެވަން އަލްޤާރީ މުޙައްމަދު ޢިސްމާޢީލްއެވެ.

ޓީވީއެމް އިން ރޭ 9:00 ގައި ގެނެސްދިން ފައިނަލް ޕްރޮގްރާމްގައި މުޙައްމަދު އިސްމާޢީލް އެއްވަނަ ޙާޞިލް ކުރީ ކ. މާލެ، ގ. ޖޫލިއަޓްގެ، ފާތިމަތު މަލްދާ މުހައްމަދު އާއި  ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއީލްއާ ވާދަކޮށެވެ.

” އެންމެ އަލިގަދަ ތަރި ” އަށް ޕީއެސްއެމް އިން ހުށައަޅާ ޓްރޮފީއާއި ފައިސާގެ އިނާމު މުޙައްމަދު އިސްމާޢީލް އަށް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. މި މުބާރާތުގެ އެއްވަނައަށް 5 ލައްކަ ރުފިޔާއާއި ހެޔޮ އެދޭ ފަރާތްތަކުން ގިނަ އިނާމު ހުށައަޅާފައިވެއެވެ.

މި މުބާރާތުގެ ދެވަނަ އަށް ދިޔައީ ކ. މާލެ، ގ. ޖޫލިއަޓްގެ، ފާތިމަތު މަލްދާ މުހައްމަދުއެވެ. އަދި ތިންވަނަ ޙާޞިލް ކުރީ ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއީލްއެވެ. މި މުބާރާތުގެ 2 ވަނަ އަށާއި 3 ވަނަ އަށް ވެސް އަގުހުރި އެތައް އިނާމެއް ހުށައަޅާފައިވެއެވެ.

“އަލިފުށި އޮންލައިން ” ގެ ފަރާތުން 3 ބައިވެރިންނަށް ވެސް ހޫނު މަރްހަބާއެއް ކިޔަމެވެ. އަދި ޚާއްޞަކޮށް ރ.އަތޮޅު ފަޚްރުވެރިވާ ފަދަ ވަނައެއް ހޯދައިދިނީތީ ނަސްރަތު އިސްމާޢީލަށް ވަރަށް ހޫނު މަރްހަބާއެއް ކިޔަމެވެ.

ޤްރްއާން ކިޔެވުމުގެ ހުނަރާއި، ޤްރްއާނާއި މެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤްރްއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ޕީ.އެސް.އެމް. އިން ބާއްވާ މި މުބާރާތު ބާއްވާތާ މިއީ ފަސް ވަނަ އަހަރެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses