” އެންމެ އަލިގަދަ ތަރި ” ފައިނަލް މިރޭ

” އެންމެ އަލިގަދަ ތަރި ” ފައިނަލް މިރޭ

ނަސްރަތު އިސްމާޢީލް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ކީރިތި ޤްރްއާން ޤްރްއާން މުބާރާތެއް ކަމަށްވާ  ދިވެހިރާއްޖޭގެ ” އެންމެ އަލިގަދަ ތަރި ” ފައިނަލް މިރޭ އޮންނާނެއެވެ.

ޓީވީއެމް އިން  ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަށާނީ މިރޭ 9:00 ގައެވެ. 12 ބައިވެރިންނާއި އެކު މިދިޔަ ރަމަޟާން މަހުގެ 4 ވަނަ ދުވަހުގެ ރޭ ފެށި ، މި މުބާރާތުގައި ވާދަ ކުރާ ރ.ހުޅުދުއްފާރު ނަޝްރަތު އިސްމާޢީލް ވަނީ މުބާރާތުގެ ފައިނަލަށް ހޮވިފައެވެ. ނަސްރަތު ގެ އިތުރުން މަލްދާ އާއި މުޙައްމަދު އިސްމާޢީލް މިރޭ އޮންނަ ފައިނަލް ގައި ވާދަ ކުރާނެއެވެ.

ގަދަ 3

ފައިނަލްގައި ވާދަ ކުރާ 3 ބައިވެރިން

ރަމަޝާން މަހުގެ ކޮންމެ އަންގާރަ ދުވަހުގެ ރެޔާއި ހުކުރު ދުވަހުގެ ރޭ ގެނެސްދިން މި މުބާރާތުގައި ރ.އަތޮޅުގެ 3 ބައިވެރިން ވާދަކުރިއެވެ. އެއީ ނަސްރަތު އިސްމާޢީލްގެ އިތުރުން އަލިފުށި މަޚްތޫމާ ޝަރަފުއްދީން އަދި އިނގުރައިދޫ ޢާލިމާ ޤާސިމްއެވެ. މި މުބާރާތުގެ 5 ވަނަޔަށް މަޚްތޫމާ ހޮވުނުއިރު ، ޢާލިމާ ހޮވުނީ 6 ވަނަ އަށެވެ. މި މުބާރާތުގައި ބަލައިގެން ކިޔުމާއި ނުބަލާ ކިޔުމާއި ތަޖްވީދުން ސުވާލު ކުރުމާއި ޤްރްއާނުގެ މާނަ އާއި ތަފްޞީރު ހުށައަޅައިދިނުން އޮތެވެ.

މި މުބާރާތުގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް ޕީއެސްއެމް އިން 5 ލައްކަ ރުފިޔާ ހުށައަޅާފައިވެއެވެ.

” އަލިފުށި އޮންލައިން ” ގެ ދުޢާ އަކީ ނަސްރަތު އިސްމާޢީލް އަށް ކާމިޔާބު ދެއްވުން .

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses