ދުވާފަރާއި އަނގޮޅިތީމްގައި މުޒާހަރާ ކޮށްފި

ދުވާފަރާއި އަނގޮޅިތީމްގައި މުޒާހަރާ ކޮށްފި

ދުވާފަރުގައި މިއަދު މުޒާހަރާ ކުރަނީ. ފޮޓޯ: ފޭސްބުކް

ސަރުކާރުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމުގެ ސަބަބުން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވުމާއި އަދި ކަރަންޓްގެ އަގު ބޮޑުވުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ދުވާފަރާއި އަނގޮޅިތީމުގައި މިއަދު މުޒާހަރާ ކޮށްފިއެވެ.

ދުވާފަރުން މަޢުލޫމާތު ދިން ގޮތުގައި މިއަދުގެ މުޒާހަރާގައި ގާތްގަނޑަކަށް 50 ވަރަކަށް ޒުވާން ފިރިހެނުން ބައިވެރިވިކަމަށާއި މިއަދު ހަވީރު ބޮޑު ނިކަގަސްދޮށުން ފެށި މި މުޒާހަރާގައި ތަފާތު އެތަށް ލިޔުމެއް ލިޔެފައިވާ ލިޔުންތައް ހިފައިގެން ދުވާފަރުގައި ހިނގިކަމަށެވެ. އަދި މިއީ ދުވާފަރުގެ ޒުވާނުން އިސްވެ ކުރިޔަށް ގެންދިޔަ މުޒާހަރާއެއް ކަމަށްވެސް މުޒާހަރާއިގައި ހަރަކާތްތެރިވި ޒުވާނެއް މައުލޫމާތު ދިނެވެ.

14581308_225872511161808_2321060658181176503_n

ދުވާފަރުގައި މިއަދު ކުރި މުޒާހަރާ. ފޮޓޯ: ފޭސްބުކް

އަނގޮޅިތީމު ޒުވާނުން އިސްވެ  މިއަދު ހަވީރު ކުރި މުޒާހަރައިގައި އެރަށުގެ 40 ވަރަކަށް ޒުވާނުން ބައިވެރިކަމަށް އެކަމުގައި އިސްކޮށް އުޅުނު މީހެއް ބުންޏެވެ. އަދި މި މުޒާހަރައިގައި އެމްޑީޕީ މެންބަރުންގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ މެންބަރުންވެސް ބައިވެރިކަމަށްވެސް މައުލޫމާތުދިނެވެ.

14459878_1303682339655690_1865179263_n

އަނގޮޅިތީމުގައި މިއަދު ކުރި މުޒާހަރާ. ފޮޓޯ: އަލިފުށި އޮންލައިން

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވުމާއި ގުޅިގެން އެކަމާއި ނުރުހުންފާޅު ކުރުމުގެ ގޮތުން ރާއްޖޭގެ ބަޔެއް ރަށްރަށުގައި މުޒާހަރާ ކުރަމުންދެއެވެ.

ކުރިން ރ.އަތޮޅުގެ ރަށްރަށުގައި  ހަނޑޫ ކިލޯއެއް 4.80 ރުފިޔާ ، ހަކުރު ކިލޯއެއް 4.81 ރުފިޔާއަށް އަދި ފުށް ކިލޯއެއް 3.80 ރުފިޔާއަށް ވިއްކިނަމަވެސް ސަބްސިޑީ ކަނޑާލުމުން މިއަގުތައްވަނީ އޭގެ ދެގުނަޔަށް އުފުލިފައެވެ. އެގޮތުން މިހާރު ރ. އަތޮޅުގައި ހަނޑޫ ކިލޯއެއް 8.80 ރުފިޔާއަށް ވިއްކާއިރު ، ހަކުރު ކިލޯއެއް 8.84 ރުފިޔާ އަދި ފުށް ކިލޯއެއް 6.80 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. Anonymous

    Dhen thi varakah meehun hama vanee. Foto ge left ga e thibee health centre alhan gos thibi bidheyseen adhi gavaidhu khilafah offihuge masakkath meeha gengulhey bidheyseen . Enme is koh ulhunee MDP ge is meeha. Eyna akee kuree ge council ge naibu raees. Bodu v ageh. Rayyithunge dhoaneege rf kaalumuga kuree ge katheeb aai eh bai vegen ekam kuri meehun hus. http://weddingideas2016.wordpress.com

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses