ކާޑުގެ ބާވަތްތަކުން އުނގޫފާރު ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް އެރަށު ކައުންސިލުން މިއަދު ނިންމައިފި

ކާޑުގެ ބާވަތްތަކުން އުނގޫފާރު ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް އެރަށު ކައުންސިލުން މިއަދު ނިންމައިފި

ރ.އުނގޫފާރު . ފޮޓޯ : އުނގޫފާރުޑޮޓްކޮްމް

ކާޑުގެ ބާވަތްތައް ސަރުކާރުން ދެމުން އައި ސަބްސިޑީ މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލުމާއި ގުޅިގެން އުނގޫފާރު ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް އެރަށު ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު ހުށައެޅުއްވި މި މައްސަލަޔަށް މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ސަބްސިޑީ ދިނުމަށް ފާސްކޮށްފައިވަނީ 4 މެންބަރުންގެ އިއްތިފާޤުންނެވެ.

“އަލިފުށި އޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު ވިދާޅުވީ ސަރުކާރުން ކުއްލިޔަކަށް ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމުން އެކަމާއި އުނގޫފާރު ކައުންސިލުން ކަންބޮޑުވާކަމަށާއި އޭގެ ސަބަބުން ކާޑުގެ ބާވަތްތަކުން ދެގުނައަށް އަގު ބޮޑުވުމުން އެކަން ރައްޔިތުންނަށް އުނދަގޫތަކެއް ދިމާވާނެކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އުނގޫފާރުގެ ކޮންމެ ރައްޔިތަކަށް ކޮންމެ މަހަކަށް 40 ރުފިޔާގެ ރޭޓުން ސަބްސިޑީ ދިނުމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު ކޮންމެ ބޮލަކަށް 40 ރުފިޔާ ދޭނެކަމަށާއި އެ ގޭބީސީއެއްގައި ކިތައްމެ މީހުންނެއް އުޅުނަސް ހަމަ މި ރޭޓުން ސަބްސިޑީ ދޭނެކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses