ރ. އަތޮޅުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގު

ރ. އަތޮޅުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގު

މާލޭ ގުދަނެއްގައި ކާޑު. ފޮޓޯ: ޕީއެސްއެމް

ކާޑުގެ ބާވަތްތައް ސަރުކާރުން ދެމުން އައި ސަބްސިޑީ މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލުމުން ރާއްޖޭގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގު އިކޮނޮމިކްސް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ރ. އަތޮޅުގައި ހަނޑޫ ކިލޯއެއް 8.80 ރުފިޔާއަށް ވިއްކާއިރު ، ހަކުރު ކިލޯއެއް 8.84 ރުފިޔާ އަދި ފުށް ކިލޯއެއް 6.80 ރުފިޔާއަށެވެ. ކުރިން ރ.އަތޮޅުގެ ރަށްރަށުގައި  ވިއްކާފައިވަނީ ހަނޑޫ ކިލޯއެއް 4.80 ރުފިޔާ ، ހަކުރު ކިލޯއެއް 4.81 ރުފިޔާއަށް އަދި ފުށް ކިލޯއެއް 3.80 ރުފިޔާއަށެވެ.

އިކޮނޮމިކްސް މިނިސްޓްރީން ބުނެފައިވަނީ މިފަހަރުގެ އަގުތައް ކަނޑައެޅުމުގައި ނާލަށްވެސް ބަލާފައިވާނެކަމަށެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ ހ. ގެ ދަށުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ އާދައިގެ ހަނޑުލާއި ގޮދަން ފުށާއި ހަކުރު ވިއްކަންވާނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އަގެއްގަ އެވެ.

ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ނިކަމެތިންނަށްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.އެގޮތުން މަހަކު ގެޔަކަށް ދޭން ހަމަޖެހިފައިވަނީ 240 ރުފިޔާކަމަށް އެންސްޕާއިން ބުނެފައިވެއެވެ.އެއީ ބޮލަކަށް 40ރ.ގެ މަގުންނެވެ. އަހަރެއްގެ މައްޗަށް އެއީ 2880ރ. އެވެ.

ސަބްސިޑީއަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު މިހާރު ވަނީ އެންސްޕާއިން ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. މާއިނާން

    އަތޮޅުތަކުގެ މީހުން ބަނޑައް ޖެހެނީ

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses