އަހަރެންވެސް ލޯބިވިން ( ސޯޅަވަނަ ބައި )

އަހަރެންވެސް ލޯބިވިން ( ސޯޅަވަނަ ބައި )

ވާހަކަ ލިޔުނީ: ހަތުމާ

ލައިޝާގެ ދެލޯވަނީ މެރިފައެވެ. އެ މަޢުސޫމް މޫނުގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ހީވަނީ ދެންމެ ދެންމެ ޝައިމް އަށް ގޮވާލަފާނެހެންނެވެ. ޝައިމްގެ އުނގުމަތީ ލައިޝާ ބާއްވައިގެން ޝައިމް ގޮވަމުން ދިޔައެވެ. “ލައި.. އަހަރެން ދޫކޮށްފަ ނުދޭ..އަހަރެން ވަރަށް އެކަނިވާނެ..ޕްލީޒް..އަހަރެން ވާނަން ލައި ބޭނުންވާކަހަލަ ރަނަގަޅު މީހަކަށް..” ޝައިމް ވާހަކަ ދައްކަމުން ދިޔަ އިރު ލައިޝާ އަށް އެއްވެސް އަޑެއް ނީވޭކަހަލައެވެ. އެންމްބިއުލާންސް ގޮސް ހޮސްޕިޓަލަށް މަޑުކޮށްލުމުން ލައިޝާ ގޮވައިގެން އަވަސްފަރުވާދޭ ކޮޓަރިއަށް ގެންދެވުނެވެ. ޑޮކްޓަރު ބެއްލެވުމަށްފަހު ލައިޝާގެ ތިމާގެ މީހުންނަށް ގޮވުމަށް އެދުނެވެ. ޑޮކްޓަރުގެ މޫނުމަތިން ފެނުނު ސީރިއަސް ކަމުން ކޮންމެވެސް ގޯހެއްވެއްޖެ ކަމުގެ އިހުސާސް ޝައިމް އަށް ކުރެވުނެވެ. “ޑޮކްޓަރ..ޕޭޝަންޓް އާއެކު އައިސް ހުރީ މިކުއްޖާ އެކަނި..ނޯ އަދަރ ވަން..” ކައިރީގައި ހުރި ނަރުސް ކުއްޖާ ޑޮކްޓަރާ ވާހަކަ ދައްކަމުން ބުންޏެވެ. “ޑޮކްޓަރ.. ލައިޝާ ކިހިނެތްތޯ..”…ކޫރުއެޅިގެންވާ އަޑަކުން ޝައިމް ބުންޏެވެ. “ޝީ އިޒް ނޯމޯ.. ” ޑޮކްޓަރުގެ މި ޖުމްލައިން ޝައިމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މުޅިދުނިޔެ އެފުއްމިފުށަށް ޖެހުނުހެން ހީވިއެވެ. “ނޫން ލައި.. އަހަރެން ދޫކޮށްލާފަ ލައި އަށް އެހާފަސޭހައިން ނުދެވޭނެ..” ލައިޝާގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައިގަންނަމުން ޝައިމް ގިސްލަމުން ދިޔައެވެ. ކުއްލި އަކަށް ޝައިމްގެ މޫނުމައްޗަށް އަނދިރިވާހެން ހީވެގެން ޝައިމް އެނދުގައި ހިފަހައްޓާލިއެވެ. އެހެންނަމަވެސް ގައިންވަރުދޫވެގެން ޝައިމް ވެއްޓުނީއެވެ. ނަރުސްކުދިން އައިސް ޝައިމްނެގިއެވެ.

މުޅި މާހައުލުގައި ވަނީ ރުއިމާއި ގިސްލުމުގެ އަޑެވެ. ލައިޝާ މަރުގެ ހަބަރު އިވުމުން ލައިޝާގެ ބައްޕަ އާއި ދޮންމަންމަ ވެސް މާލެ އައެވެ. ލައިޝާގެ މޫނު ދެކިލުމަށްޓަކައި އެތައްބައިވަރު މީހުންނެއް އައިސްފައިވާ އިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތާމައެވެ. އެދުވަހު ދޮންމަންމަގެ މޫނުމަތިންވެސް ހިތާމައިގެ ކުލަވަރު ފެނުނެވެ. ކަރުނަ އަޅާ ރުޔެވެ. އެހެންނަމަވެސް މިއަދު އެ ދޮންމަންމަގެ ރުއިމުގެ އަޑު އަހާކަށް ލައިޝާ އެއް ނެތެވެ. އެ މަންމަގެ ހިތުގައި މި ހުރިހާ ދުވަހު ނަފްރަތު އުފެދިފައިވީ ނަމަވެސް މިއަދު ލައިޝާ އަށްޓަކައި އެ މަންމަ ކަރުނަ އޮހޮރަނީއެވެ. އެމީހެއްގެ އިހުސާންތެރިކާމާއި އެމީހެއްގެ ރަނގަޅުކަން އެނގޭނީ އެމީހަކު ނެތިދާފަހުންނޭ ބުނާއަޑު އަހަމެވެ. ދޮންމަންމަ އަށް ވެސް ވީ މިކަހަލަ ގޮތެކެވެ. އެހެންނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ.

މެންދަމުން އަލިވެ ބާރަޖެހީއެވެ. ޝައިމް އަށް ހޭލެވުނު ކައިރީގައި މިޝްޤާ އިނެވެ. “އަހަރެން މިތާގަ.. ކޮބާ ލައި..” ޝައިމް ތެދުވަން މަސައްކަތް ކުރަމުން އަހާލިއެވެ. އެވަގުތު މިޝްޤާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. “އަހަރެން ހިޔެއްނުކުރަން އެހާ މާތް ކުއްޖަކަށް ޝައިމް ތިހެން ހަދާނެކަމަކަށް..މަށަށްވެސް އޮޅުވާލީ ޝައިމް..އެކަމަކު އަހަރެން ޝައިމްދެކެ ކިހާ ލޯބި ވިން..ލައިޝާ ވެސް ކިހާލޯބިވި..ކީއްވެ ޝައިމް..ކީއްވެ..” މިޝްޤާ ރޮމުން ޝައިމް އާ ސުވާލުކުރަމުން ދިޔައެވެ. ޝައިމް  މިއަދު ވަކި ބުނާނީ ކީކޭ ހެއްޔެވެ. ޝައިމް އޮޅުވާލީ ހަމަ އެކަނި މިޝްޤާ އާއި ލައިޝާ އެކަންޏަކަށް ނޫނެވެ. އެތައްބައިވަރު އަންހެންކުދިންނެއް އެމަޅީގައި ވަނީ ޖައްސާފައެވެ. “މިޝް އަށް އެނގުނީ ކިހިނެތް..” ޝައިމް ކުޑަކޮށް ހާސްވިނަމަވެސް މިޝްޤާ އަށް އެނގުނު ގޮތެއް އޮޅުން ފިލުވަން ބޭނުންވިއެވެ. މިޝްޤާ ދަބަހުން ކުޑަ ފޮތެއްނެގިއެވެ. އެއީ ލައިޝާގެ ޑައެރީއެވެ. “މި ޑައިރީ އަހަރެން ކިޔައިފިން..ލައިޝާ ކުރި ހިތްވަރު..އަހަރެން ހިތައް އަރާ އަހަރެންނަކީ ވެސް ހާދަ ގޯސް މީހެކޭ..ލައިޝާ ގެ މީހެއް ޖަހައިގަނެވުނީ..އެކަމަކު…” މިޝްޤާ އިތުރަށް އެއްޗެކޭ ނުބުނެ ޑައިރީ ޝައިމް އަށް ހަވާލުކުރުމަށްފަހު އެތަނުން ދިޔުމަށްޓަކައި ނުކުތެވެ. ޝައިމް ޑަޢިރީ ހުޅުވާލިއެވެ. ލައިޝާ ހަޔާތުގެ ކޮންމެ ސިކުންތު ކޮޅެއްވެސް ހޭދަކޮށްފައިވަނީ ޝައިމްގެ ހަނދާނުގައެވެ. ލައިޝާ އަކީ ކިހާ ވަފާތެރި ކުއްޖެއް ހެއްޔެވެ. ލައިޝާ އަށް ހުރިހާ ހަގީގަތް އެނގި ހުރެ ވެސް ޝައިމްދެކެ ލޯބިވީތީ ޝައިމް ގެ ހިތުގައި ލައިޝާއަށް އިތުރު ލޯތްބެއް އުފެދުނެވެ. އެހެންނަމަވެސް ދެން ލައިޝާ އެނބުރި ނާންނާނެއެވެ. ޑައެރީ ކިޔަމުން ދިޔައިރު ޝައިމް އަށް ގިސްލެމުން ދިޔައެވެ. ލައިޝާގެ އެންމެ ފަހުން ލިޔެފައިވަނީ ލައިޝާ އަބަދުވެސް ޝައިމް ދެކެ ލޯބިވާނޭ ކަމުގައެވެ.  ޑައިރީ ކިޔާ ނިމުނު އިރު ޝައިމްއަށް ވަނީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. ” މައާފްކުރޭ ލައި.. އަހަރެންވެސް ލައި ދެކެ ލޯބިވިން..އެކަމަކު އެލޯބި ލައި އަށް ފޮރުކޮށްނުދެވުނީ އަހަރެންގެ އުޅުމުގެ ސަބަބުން..އަހަރެން އަބަދުވެސް ލޮބިވީ ލައިދެކެ..” ޝައިމް އަށް މިއަދު ލޯބީގެ މުހިއްމުކަން އިހުސާސް ކުރެވުނެވެ. ޝައިމް އެނދުން ތެދުވީ ގެއަށް ދިޔުމަށްޓަކައެވެ. ދޮރު ހުޅުވާލުމާއި އެކު މިޝްޤާ ފެނުމުން ޝައިމް ކުޑަކޮށް ސިހުނެވެ. މިޝްޤާ އައިސް ޝައިމްގެ އަތުގައި ހިފެހެއްޓިއެވެ. “ޝައިމް ދަނީތަ؟ އަހަރެންވެސް ދޫކޮށްލާފަ.. ޝައިމް ލޯބި ނުވިއަސް އަހަރެން ޝައިމްދެކެ ވީ ތެދުވެރި ލޯބި.. އަހަރެން ދޫކޮށްފަ ނުދޭ..” ޝައިމްގެ މޭގައި މިޝްގާ ބޯއަޅާލީ ދުވަހަކުވެސް ޝައިމް އެފަދަގޮތަކަށް ނޫޅުމަށް އަޒުމް ކަނޑައެޅުމުންނެވެ. ޝައިމްގެ ހަޔާތް ބަދަލް ވެގެންދިޔައީ ލައިޝާވީ ފުރިހަމަ ލޯބިންނެވެ.

= ނިމުނީ =

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses