އަނގޮޅިތީމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

އަނގޮޅިތީމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

ރ.އަނގޮޅިތީމުގައި ހިންގި ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން. ފޮޓޯ: ފޭސްބުކް

ވިޔަފާރީގެ ތެރެޔަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ރ. އަނގޮޅިތީމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

ޅ. ނައިފަރު ބިޒްނަސް ސެންޓަރުގެ ފަރާތުން ހިންގި މި ޕްރޮގްރާމުގައި ވިޔަފާރިއެއް ފެށުމަށް އެނގެން ޖެހޭ އެންމެ އަސާސީ މަޢުލޫމާތުތައް ދެވިފައިވާކަމަށް ޕްރްގްރާމްގެ ޓްރެއިިނިންގ ކޯޑިނޭޓަރ މަޢުލޫމާތު ދެއްވިއެވެ.

އަނގޮޅިތީމު ސްކޫލް ހޯލުގައި މި މަހު 7 އަދި 8 މި ދެދުވަހު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ 34 ފަރާތަކުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ފަރާތަކަށް އެކަމުގެ ހަނދާނީ ލިޔުމެއް ވަނީ ދެވިފައިއެވެ.

“ވިޔަފާރި ފެށުމުގެ ތަމްރީނު ޕްރޮގްރާމް” ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރިޔެއް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނައިފަރު ބިޒްނަސް ސެންޓަރުގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ އިތުރު ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ހުޅުޅުދުއްފާރުގައި ފަށާނެކަމަށާއި އަދި މިހިނގާ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އުނގޫފާރުގައި ވެސް މީގެ ޕްރޮގްރާމެއް ފަށާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

2014 ވަނަ އަހަރު ނައިފަރުގައި ގާއިމުކުރި ބިޒްނަސް ސެންޓަރުން ވަނީ މިދިޔަ އަހަރުވެސް މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތެއް ރ. އަތޮޅުގެ ބަޔެއް ރަށްރަށުގައި ކުރިޔަށް ގެންގޮސްފައިއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses