ބޮލީވުޑްގެ އަސްލު “ސުލްޠާން” އަކީ ކާކު؟

ބޮލީވުޑްގެ އަސްލު “ސުލްޠާން” އަކީ ކާކު؟

ސަލްމާން ޚާންއާއި އަކްޝޭ ކުމާރަކީ ބޮލީވުޑްގައި ވަކި މީހަކަށް ދޫނުކުރާ ވަރުގެ ދެ ތަރިންނެވެ. މި ދެތަރިންވެސް އަންނަނީ ބޮލީވުޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާ، ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުންނެވެ. ބޮލީވުޑްގެ އަސްލު “ސުލްޠާން” އާ ގުޅޭގޮތުން ސަލްމާންއާއި އަކްޝޭ ދާދި ފަހުން ކޮށްފައިވާ ބަހުޘްއަކީ ގިނަ ބަޔަކު ޝަޢުޤުވެރިކުރުވި ބަހުޘެކެވެ.

މިގޮތުން ސަލްމާން ޚާންއަކީ ބޮލީވުޑްގެ އަސްލު “ސުލްޠާން” ކަމަށް އަކްޝޭ ކުމާރް ވަނީ ބުނެފައެވެ. އަކްޝޭ މިހެން ބުނެފައިމިވަނީ، ސަލްމާން އެންމެ ފަހުން ކުޅުނު ފިލްމް “ސުލްޠާން” ޕްރޮމޯޓް ކުރުމަށް ބޭއްވި ޙަރަކާތެއްގައި، އަކްޝޭއަކީ ބޮލީވުޑް ބޮކްސް އޮފީހުގެ އަސްލު “ސުލްޠާން” ގެ ގޮތުގައި ސަލްމާން ސިފަކޮށްފައި ވަނިކޮށެވެ. ބޮލީވުޑްގައި އަކްޝޭ ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށް ސަލްމާން މިހެން ބުނެފައިވާއިރު، އަކްޝޭ އެންމެ ފަހުން ކުޅުނު “އެއަރލިފްޓް” އާއި “ހައުސްފުލް 3” ގެ ކާމިޔާބީއަށްފަހު ހިޓްގެ ގޮތުން ބަލާއިރު އޭނާ ވަނީ ހެޓްރިކް ހެދުމާ ވަރަށް ގާތުގައެވެ.

އަކްޝޭއަކީ ބޮލީވުޑްގެ އަސްލު “ސުލްޠާން” ގެ ގޮތުގައި ސަލްމާން ސިފަކުރުމާއި ގުޅިގެން އެކަމަށް ޢިޝާރާތްކޮށް އަކްޝޭ ބުނީ ސަލްމާން އެފަދަ ބަހެއް ބުނުމުން ވަރަށް އުފާކުރާ ކަމަށާއި، ނަމަވެސް އޭނާ އެކަން ޤަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާ ޤަބޫލުކުރާ ގޮތުގައި ބޮލީވުޑްގެ އަސްލު “ސުލްޠާން” އަކީ ސަލްމާން ޚާން ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

 

މަޞްދަރު: ކެޗް ނިއުސް

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses