އެންޑްރޮއިޑް “ނޯގަޓް” އާއެކީ އެލްޖީ ގެ އެންމެ ފަހުގެ ފޯން ސެޕްޓެމްބަރުގައި

އެންޑްރޮއިޑް “ނޯގަޓް” އާއެކީ އެލްޖީ ގެ އެންމެ ފަހުގެ ފޯން ސެޕްޓެމްބަރުގައި

އެލްޖީ އިން މިދިޔަ އަހަރު ނެރުނު "ވީ10"

މިދިޔަ އަހަރު އެލްޖީ އިން ނެރުނު ސްމާޓް ފޯން “ވީ10” ގެ ކާމިޔާބަށްފަހު، މި މޮޑެލްގެ ދެވަނަ ފޯން، “ވީ20” މިއަހަރު ސެޕްޓެމްބަރުގައި ނެރޭނެކަން އެކުންފުނިން އިއުލާނުކޮށްފިއެވެ.

ސެޕްޓެމްބަރުގައި އަލަށް ނެރޭ މިފޯނާއި ބެހޭގޮތުން އެކުންފުނިން މާގިނަ މައުލޫމާތުތަކެއް މީޑިއާ އާއި ހިއްސާކޮށްފައި ނުވި ނަމަވެސް މިފޯނު ވެގެން ދާނީ ގޫގުލް އެންޑްރޮއިޑް ގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް “ނޯގަޓް” ހިމެނޭ ފުރަތަމަ ފޯނަށްކަމަށް އެލްޖީ އިން ހާމަކޮށްފައިވެއެވެ. މިއީ އެންޑްރޮއިޑް ގެ ހަތްވަނަ އޮޕަރޭޓިން ސިސްޓަމެވެ.

އެލްޖީ އިން މިދިޔަ އަހަރު އޮކްޓޯބަރުގައި ނެރުނު “ވީ10” ގެ ފޯނުގައި ވަރަށް ވަރުގަދަ ކެމެރާއެއް ހިމެނިފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses