ޖެކަލީން ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި

ޖެކަލީން ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި

ބޮލީވުޑްގެ މަޝްޙޫރު ބަޠަލާ ޖެކަލީން ފެނާންޑޭޒް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޖެކަލީން ރާއްޖެ އައީ ކޮން އިރަކުކަން ނޭނގުނު ނަމަވެސް ރޭގެ ވަގުތެއްގައި އޭނާ ވަނީ އޭނާގެ މަންމައާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ޝެއަރކޮށްފައެވެ. މިފޮޓޯގައި ޖެކަލީން ވަނީ އޭނާއަށް ތާޢީދުކުރާ ހުރިހާ ފަރާތްތަކަށް  ރާއްޖެއިން މަރުޙަބާ ކިޔާފައެވެ.

Jacqueline

ޖެކަލީން މަންމައާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

މީގެއިތުރުން ޖެކަލީން ވަނީ ކަނޑުއަޑީގައި ފެހުރިއްސެއް ކައިރިން އޭނާ ޑައިވް ކުރާ ފޮޓޯއެއްވެސް ޢާާންމުކޮށްފައެވެ. މިފޮޓޯއިން، އޭނާ ރާއްޖޭގައި ކުރަމުންދާ އުފާވެރިކަމުގެ އިޙްސާސްތައް ވަރަށް ރަނގަޅަށް ހާމަވެއެވެ. ކަނޑުއަޑީގައި ނެގި ފޮޓޯ ޢާންމުކުރަމުން ޖެކަލީން ބުނެފައިވަނީ އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ވަމުން އަންނަ ކަމަށާއި، އެކަމާ އުފާކުރާ ކަމަށެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަޠަލާ، ޖެކަލީންގެ ކާމިޔާބު ބައެއް ފިލްމުތަކުގެ ތެރޭގައި ކިކް، ހައުސްފުލް 2، ހައުސްފުލް 3، އަދި މާރޑާ 2 ގެ އިތުރުން ރޭސް 2 ހިމެނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses