ޕޮކެމޮން ގޯ ކުޅުމަށް ޖިއޯނީ ފޯން ވަރެއް ނެތް

ޕޮކެމޮން ގޯ ކުޅުމަށް ޖިއޯނީ ފޯން ވަރެއް ނެތް

ޖޮއީނީ އިން އެކުންފުނީގެ އެންމެ ފަހުގެ ސްމާޓް ފޯން “އެމް 6” އަދި “އެމް 6 ޕްލަސް” މާކެޓަށް ނެރެފިއެވެ.

ބެއިޖިންގ ގައި ކުރިއަށްދިޔަ ހަފުލާއެއްގައި ފޯނުތައް ނެރެފައިވާއިރު، ކުރިން ނެރެފައިވާ ފޮނުތަކުގައިވެސް ހިމެނޭ 13 މެގަޕިކްސެލްގެ ކެމެރާ އާއި، 8 ކޯ ޕްރޮސެސަރ މިފަހަރުގެ ފޯނުތަކުގައިވެސް ހިމެނިފައިވެއެވެ. ނަމަވެސް މިފަހަރު މާކެޓަށް ނެރުނު ފޯނުތަކުގެ ބެޓެރި ބާރުގަދައެވެ. އެގޮތުން “އެމް 6” ގައި 5،000 މިލިއެމްޕަވަރ ގެ ބެޓެރި ކެޕޭސިޓީއެއް ހިމެނޭއިރު، “އެމް 6 ޕްލަސް” ގައި ބެޓެރި ކެޕޭސިޓީ އަކީ 6،025 މިލިއެމްޕަވަރ އެވެ.

މިފަހަރުގެ ފޯނުތައް ހާއްސަވަނީ ގިނަވަގުތު ސްނެޕް ޗެޓުގައި ހޭދަކުރާ ޒުވާނުންނާއި، ޕޮކެމޮން ގޯ ކުޅޭ މީހުންނަށެވެ. މިއީ އަބަދު ފޯނުން ޗާޖު ހުސްވާތީ ޝަކުވާ ކުރާ މީހުންނަށްވެސް ހާއްސަ ފޯނެކެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses