ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންސްފި

ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންސްފި

މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށުފެންވަރުގައި ހަރަކާތްތަކެއް  މިއަދު ހިންގައިފިއެވެ. އެގޮތުން މި ދުވަހު ފުރަތަމަ ހަރަކާތެއްގެ ގޮތުން މިއަދު 6 ޖެހިއިރު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. އަލިފުށީ ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި، ކްލަބު ޖަމިއްޔާތަކުގެ އިސްވެރިންނާއި، ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އަލިފުށީ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރ އިބްރާހީމް ޢަބްދުލްކަރީމް އެވެ. އަދި ދިދަ ނަންގަވައިދެއްވުމަށްފަހު މި ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކޮށް އަތޮޅު ކައުންސިލް މެމްބަރު ވާހަކަ ދައްކަވާފައިވެއެވެ. މީގެ އިތުރުން ދުވަހާ ގުޅޭގޮތުން އަލިފުށީ ޞިއްޙީ މަރުކަޒުގެ މެނޭޖަރ އޮން ޑިއުޓީ އާދަމް މާހިރުވެސް މި ރަސްމިއްޔާތުގައި ވާހަކަދައްކަވާފައިވެއެވެ.

ހިޖުރީ ކޮންމެ އަހަރެއްގެ ރަބީޢުލްޢައްވަލު މަހުގެ ފުރަތަމަ ދުވަހު ފާހަގަ ކުރަމުން އަންނަ ދިވެހިރާއްޖޭގެ ޤައުމީ ދުވަސް އަލިފުށީ ސްކޫލުންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އަލިފުށީ ސްކޫލް ހޯލުގައި މިއަދު ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.  މިއަދު ހެނދުނު ނުވައެއްޖެހިއިރު ކުރިއަށް ގެންދިޔަ މި ޖަލްސާގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށު ކައުންސިލްގެ މެމްބަރުންނާއި ސަރުކާރު އޮފީސް ތަކުގެ ވެރިންނާއި ބައެއް ޖަމިއްޔާތަކުގެ ރައީސުންވެސް މި ޖަލްސާގައި ބައިވެރިވެފައިވެއެވެ.

މި ޖަލްސާގައި ސްކޫލުގެ ފަރާތުން ވާހަކަދެއްކެވި އަލިފުށީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުކުރީ ވަނީ ޤައުމިއްޔަތެއް އޮތުމުގެ މުޙިއްމުކަމާއި ޤައުމު ދެކެ ލޯބިވުމުގެ މުހިއްމުކަމުގެ މަށްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޖަލްސާގެ ޝަރަފްވެރި މެހެމާނު އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ލަޠީފް ޢަބްދުއްރަޙްމާންވެސް ޖަލްސާގެ ބައިވެރިންނާއި މުޚާތަބުކޮށް ވަހާކަ ދައްކަވާފައިވެއެވެ. ރައީސްގެ ވާހަކައިގައި ޤައުމީ ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުންނާއި ޤައުމިއްޔަތަށްހުރި ބައެއް ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި ދަރިވަރުންނަށް  އިޝާރާތްކުރައްވައި ކޮންމެ ކުއްޖަކީ ޤައުމަށްޓަކައި ޝަހީދުވާން ތައްޔާރަށްހުރި ކުއްޖަކަށްވުމަށް އަޒުމް ކަނޑައެޅުމަށް ގޮވަލާފައިވެއެވެ. ރާއްޖޭގެ 69 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މި ޖަލްސާގައި ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި ސްކޫލްގެ ދަރިވަރުންވަނީ ދުވަހާއި ގުޅޭ ދެ ލަވައެއްވެސް ހުށަހަޅާދީފައެވެ.

މިލިޔުމާއި ގުޅުންހުރި ފޮޓޯ ބެއްލެވުމަށް ކްލިކް ކޮށްލައްވާ

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses