ބައްޕައެއްގެ ނަސޭހަތް

ބައްޕައެއްގެ ނަސޭހަތް

އަހަރެންގެ އުމުރަކީ މިހާރު 82 އަހަރެވެ. ގައިގެބާރުދޫވެ ލޯބޯކޮށިވެ ، ދިރި ހުރެވޭނޭކަމުގެ މާބޮޑު އުއްމީދެއްނެތް މީހަކީމުއެވެ. އަނބިމީހާދެކެ ލޯބިވާ ފިރިއަކީމުއެވެ. ހަރުދަނާ ބޭބެ އަކީމުއެވެ. ރަށުގެ ޒިންމާދާރު ރައްޔަތަކިމުއެވެ. ރައްޓެހިންނަށް ރަނގަޅު ހިތްހެޔޮ ރަހުމެއްތެރި އަކީމުއެވެ. މި ހުރިހާ ޒިންމާތަކަކީވެސް އަހަރެން ވަރަށް އުފަލުން އަދަކުރަމުން އަންނަ ޒިންމާތަކެކެވެ. ނަމަވެސް މި ޒިންމަތަކަށް ވުރެ ބޯޑަށް އަހަރެން އުފާކުރާ އަދި އުމުރުގެ 60 އަހަރު އެޒިންމާއެއް އަދާކުރުމުގައި ހޭދަވި އަހަރެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ބޮޑު ޒިންމާއެވެ.

ގިނަ ބަޔަކު ޤަބޫލުކުރަގޮތުގައި ދަރިން ބެލުމުގެ ޒިންމާ އަކި ހަމަ އެކަނި މައިމީހާގެ ޒިންމާއެކެވެ. އެހެންނަމަވެސް އަހަރެން އެކަން ދެކުނީ މުޅިންތަފާތުކޮށްށެވެ. އަހަރެން ދެކޭގޮތުގައި މައިމީހާގެ ލޯތްބާކުލުނާ އަޅާލުން ދަރިންނަށް ބޭނުންވާ ފަދައިން ދަރިންނަށް ބައްޕައެއްގެ އަޅަލުމާއި ހިމާޔަތާ އަދި ހެޔޮ ނަސޭހަތް ވެސް ބޭނުންވަނެއެވެ.

މި އަހަރެން ކޮންމެ ދަރިއަކަށްވެސް ދޭންބޭނުންވާ ނަސޭހަތެވެ.  ލޯބިވާ ދަރިފުޅާއެވެ، އެންމެ ފުރަތަމަކަމަކަށް މަންމަ އަށް ކިޔަމަންގައްނާށެވެ. މަންމަ އަށް ދެރަގޮތެއްވިޔަ ނުދޭށެވެ. ހަމަ ޔަގީނުންވެސް ތިޔަ ކުދިންނަށް ސުވަރުގޭގެ ވަސް ވެސް ޖެހެން އޮތީ އެމައިމީހާގެ ފައިތިލަ ދަށުންނެވެ. ދަރިފުޅާއެވެ. މަންމަ އަކީ ދުނިޔޭގައި ދަރިފުޅު މެންނަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ. ދަރިފުޅަށްޓަކައި އެމައިމީހާ އެޅިވޭނާ ތަހައްމަލު ކުރިދަތިތަށް ، ދަރި ފުޅަށް އިހުސާސްވެސް ނުކުރެވޭނެއެވެ. ލޯބިވާ ދަރީންނެވެ، ބައްޕަ ނެއް ދުވަހަކުންވެސް އެމައިމީހާއަށް ބަލަންވާނެއެވެ، އެ މައިމިހާ ދެރަ ކޮށްލާ، ހިތްދަތި ކޮށްލަން ހެޔޮނުވާނެއެވެ. ދަރިފުޅާއެވެ މަންމަ އާ ހިތްހެޔޮ ކަމާއެކު މުހާތަބުކުރާށެވެ.. އެ މަންމާއަކީ ދަރި ފުޅުމެންގެ ލޮލުގެ ފިނިކަން ކަމުގައި ދަންނާށޭވެ ، މަންމާ އާ އެއްސަފުގައި މިހާކު ހިމެނުމަކީ ދަރިފުޅު ދެދުނިޔެއިން ބިކަވެ ހާލުގައިޖެހި ދާނެފަދަ ނުބައިކަމެކެވެ.

ލޯބިވާދަރިފުޅާއެވެ.. ދަރިފުޅުގެ ހަލާކު ކަމުގައި ރައްޓެހިން ވިޔަ ނުދެށެވެ. ހެޔޮލަފަ އެންމެ ރައްޓެއްސަކީ އެތަށް ސަތޭކަ ރައްޓެހިންނާ އެއްވަރުގެ މީހެކެވެ. އަހަރެންގެ ލޮލުގެ ކޮއެފަދަ ދަރިފުޅާއެވެ.. ރަހުމެއްތެރިންނަށް މާ ބޮޑަށް އިތުބާރު ނުކުރާށެވެ. ދުނިޔެގެ ތާރީހު ހެކިދޭތަން ދެކި ބަލާށެވެ! ދުނިޔޭގެ އާދައަކި ބަދަލުވުމެއްނެތް އާދައެކެވެ. ހަމަ ޔަގިނުންވެސް މާޒީގެ ސޮފުހާތަކުން ފެންނަން އޮތް ހަޤިޤަތަކި ރައްޓެހިން ގިނަ ފަހަރަށް ދުޝްމަނުންނަށް ބަދަލުވާކަމެވެ. ވީމާ މިކަމަށް ސަމާލުވެ ، ނިކަން ހުށިޔާރު ވެ ހުރުމަކީ ބައްޕަގެ އާދޭހެކެވެ.

ލޯބިވާ ދަރިފުޅާއެވެ.. ތިމަގެ ޒަވާޖީ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ރަނގަޅު ހެޔޮލަފާ ބައިވެރިޔަކު އިހުތިޔާރު ކުރާށެވެ. ހަމަ ޔަގީނުންވެސް ބުއްދިޤަބޫލުކުރާ ހަގީގަތަކީ ދަތުރެއްގެ ބައިވެރިއެއްގެ ގޮތުގައި ހުއްނަންވާނި ކަނޑުގެ އާޖުފަޖު އެގޭ މީހެކެވެ. ކަނޑުވެގެން ދާ ވަގުތުވެސް އަޒުމުވަރުގަދަކޮން އެއްމެ ފަހު ވަގުތާ ޖެހެންދެން ވެސް އެކުގައި ހިފަހައްޓާލެވޭވަރުގެ ބައިވެރި އެކެވެ. ދިރި އުޅުމުގެ ދަތުރުވެސް ހަމަ މިފަދައެވެ. ފެންނަަހާ ކުއްޖަކު ހަޔާތާ ގުޅުވުމަކީ މޮޔަ ކަމެކެވެ. ހެޔޮ ވިސްނޭ ބުއްދިވެރިންގެ ގޮތަކި ކިތަންމެ ވަރަކަށް ލޯބި ވެވުނުކަމުގައި ވީ ނަމަވެސް ހަޔާތުގެ ދަތުރު އެމީހަކަ އެކެ ހޭދަނުކުރެވޭ ވަރުގެ މީހަކު ހަޔާތަ ނުގުޅުވުމެވެ.

ދަރިފުޅާ އެވެ.. މި ދުނިޔެއަކި ވަގުތި އާލަމެއްކަން ހަނދާން ނައްތާނުލާށެވެ. ދުނިޔެއަކި ފަނާވަނިވި ތަނެއްކަން ކުޑަ ހިނދުކޮޅަކަށްވެސް ހަނަދަނުން ކަށްސާލަ ދިޔަ ނުދޭށެވެ. ދުނިޔެއަށް ތަބާވުމުމަކީ ކުރެވޭ މޮޔަ ކަމެކެވެ. ދަރފުޅާއެވެ. ބައްޕަގެ  ނަސޭހަތަކީ  ދުނިޔެ ހޯދުމުގައި އާހިރަތުގެ މަތިން ހަނަދާންނައްތާ ނުލާށެވެ. މީ ވަގުތީ ތަނެކެވެ މަދަމާއަކީ ދާއިމީ މަންޒިލެވެ.

ލޯބިވާ ދަރިފުޅާއެވެ.. ދުނިޔޭގެ ހުރިހާ އުފަލާ އަަރާމަކީ އިސްލާމްދިނުގައި ސާބިތުވެ ހުރުނކަން ދަންނާށެވެ. ދިނުގައި އަންގަވާފައިވާ ގޮތަށް އުޅެގެން ދަރި ފުޅަށް ދެރަ ގޮތެއްނުވާނެކަން ބައްޕަ ޔަގީން ކޮށްދެމެވެ. ހިތާމަޔާ އުފަލަކީ މި ބިންމަތީގެ އިމްތިހާނުތަކެވެ. އެކަންތަށްތަކާ  ފިސާރި ކެރިގެން ކުރިމަތިލާށެވެ. ކާމިޔާބަކީ މީންވަރަށް އީމަންވި ކޮންމެ އަޅެއްގެވެސް ހައްގެކެވެ. މަސައްކަތްތެރިންށް ދެއްވަ ނިއުމަތަކީ ކަމީޔާބެވެ. ދަރި ފުޅާއެވެ.. ކާމިޔާބީގެ ހަގީގި ތަޅުދަނޑި އަކި ފަސްވަގުތު ނަމާދުކުރުމެވެެ. ނަމާދަށް ދަރިފުޅު ފަރުވާތެރި ވެއްޖެނަމަ ހައްދަވާ ބޮޑުކުރައްވާ އަދި އަހަރެމެން ގެންގުޅުއްވާ ރަސްކަލާނެގެ ދަރިފުޅާމެދު ފަރުވާ ކުޑައެއްނުކުރާނެއެވެ. ހަމަ ކަށަވަރުން އެކަލާންގެއީ އަޅުތަކުގެ އަމަލުތަށް މޮޅަށް ދެނަވޮޑިގެންވާ އަދި އަޅު ތަކުންގެ ފާފަ ފުއްސަވާ   ރަސްކާލަންގެއވެ.

ދަރި ފުޅައެވެ.. ދަރިފުޅުގެ އަބުރަކި ދަރިފުޅުގެ ލަދުހަޔާތެވެ.. ލަދު ހަޔާތް ނީލަމެއްގައި ވިއްކާނުލާށެވެ. ދަރިފުޅުގެ އިއްފަތްތެރިކަމާ  ލަދުވެތިކަމކީ ދަރިފުުޅުގެ ފޭރާމެވެ. މި ފޭރާން އެންމެމެންގެ ކުރިމަތީގައި ވީދުނަ  ނުދޭށޭވެ. ލަދުވެތިކަމަކީ މާތް ސިފައެކެވެ. ލަދު ހަޔާތެއްނެތުނު މީހެއްގެ މިސާލަކީ އުނު އޮރިޔާން ނިވަކޮށްލާނެ ފޭރާމެއް ނެއް މިހެއްގެ މިސާލެވެ. ވީމާ ދަރިފުޅުގެ އަބުރު ރައްކާތެރިކޮށް ދަރިފުޅުގެ އިއްޒަތާ ގަދަރު ދަމަހައްޓާނީ ހަމަ ދަރިފުޅެވެ. ގެއްލިއްޖެ އަނބުރެއްގެ މިސާލަކީ ބަޑި އަކުން ނިކުންނަ އުންޑަައެއްގެ މިސާލެވެ. އަނބުރައެއް ނުލިބޭނެއެވެ.

ދަރުފުޅާއެވެ. އިއްފަތްތެރިއަކީ  ޒިނޭ ނުކުރާ މީހާއެވެ. މުއްސަންޖަކީ ވަށްކަން ނުކުރާމިހާއެވެ. ކެތްގަދަ މީހަކު ހެޔޮމިންވަރަށްށާ ނުބައިމިންވަރަށް އީމާން ވާނެއެވެ. ސޮދަގާތް ކުރާ މީހަކީ ދުވަހަކުވެސް ފަގީރު ނުވާނެ މީހަކެވެ. ރޯދަ ބަރާބަރަށް ހިފާ މީހަކަު އެމިހާ ވަށައިގެން ދިފާއީ ފާރެއްޤާއިމު ކޮށްފިއެވެ. ނަމާދު ބަރަބަރަށް ކޮށްފި މީހަކު ޖަންނަތުން މަޤާމެއް ހޯދާފިއެވެ. ހައްޖުގެ އަޅުކަން އަދަކޮށްފި މީހާ އާހިރަތް ކާމިޔަބުކޮށްފިއެވެ. ދަރިފުޅައެވެ. ބައްޕަ ނެތް ދުވަހަކުން މި ދިން ނަސޭހަތްތަށް އަޑު އަހާ ބަސްއަހާ ބަޔަކަށް ވާން ވާނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. އަނީ

    ވވވ ރީތި……

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses