ސީއައިޓީއެމް އިން ހިންގާ ކޯސްތަކުގައި އަލިފުށިން 74 ދަރިވަރުން ބައިވެރިވެއްޖެ

ސީއައިޓީއެމް އިން ހިންގާ ކޯސްތަކުގައި އަލިފުށިން 74 ދަރިވަރުން ބައިވެރިވެއްޖެ

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް (ސީއައިޓީއެމް) އިން މިދިޔަ ހަފްތާގައި އަލިފުށީ އެންވާރުމަންޓް ސޮސައިޓީ އާއި ގުޅިގެން އަލިފުށީގައި ހިންގުމަށް ނިންމާފައިވާ ކޯސްތަކުގައި އަލިފުށިން ޖުމްލަ 74 ދަރިވަރުން ބައިވެރިވެފައިވާކަމަށް އޭއީއެސް އިން ހާމަކޮށްފިއެވެ.

އެންވާރުމަންޓް ސޮސައިޓީން މިއަދު ބުނީ ކޯސްތަކަށް ވަނުމުގެ ފުރުޞަތު މިއަދު 10 ޖެހުމާ ހަމައަށް ހުޅުވާލިކަމަށާއި، މުއްދަތު ހަމަވި އިރު ސެޓްފިކެޓް ލެވެލް 3 ން މަތީގެ ކޯސްތަކަށް 49 ދަރިވަރުންނާއި ކޮމްޕިޔުޓަރ ފޯރ ކިޑްސްގެ ކޯހަށް 25 ދަރިވަރަކު ކުރިމަތިލާފައިވާކަމަށެވެ.

ސީއައިޓީއެމް އިން މިއަދު ބުނީ އެފަރާތުން ރަށްރަށުގައި ކޯސްތައް ފަށަނީ 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވުމުންކަމަށާއި، ނަމަވެސް އަލިފުށީގައި 74 ދަރިވަރުންނާއި އެކު ކޯސްތައް ފަށާނެކަމަށެވެ. އަދި ކުރިން އަންނަ ޑިސެމްބަރ މަހު 10 ވަނަ ދުވަހު ކޯސްތައް ފެއްޓުމަށް ނިންމާފައިވީ ނަމަވެސް އެތާރީޚަށް ކޯސްތައް ނުފެށޭނެކަމަށް އެފަރާތުން ބުނެފައިވެއެވެ.

ސީއައިޓީއެމް އިން ހިނގާ ކޯސްތަކުގައި ކޯހުގެ ފީގެ އިތުރުން، ކޯހުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ކޮންމެ ދަރިވަރެއްގެ އަތުންވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses