ޢަރަފާތް ދުވަހުގެ ރޯދަ

ޢަރަފާތް ދުވަހުގެ ރޯދަ

ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހަކީ އަރަފާތް ދުވަހެވެ. އެއީ ޙައްޖުވެރިން ޢަރަފާތުގެ ބިމުގައި މަޑު ކުރާ ދުވަހެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިނުވާ އެންމެހާ މުސްލިމުން ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ.

އަބޫ ޙަފްސު (رضي الله عنه) ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމުން ދެއަހަރުގެ ފާފަތައް ފުހެވިގެން ދެއެވެ. އެއީ ވޭތުވެ ގޮސްފައިވާ އަހަރާއި ކުރިއަށް އޮތް އަހަރުގެއެވެ…“ [ބުޚާރީ، މުސްލިމް]

އެކަލޭގެފާނު (صلى الله عليه وسلم) އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ”ހަތަރު ކަމެއް ﷲ ގެ ރަސޫލާ ހަނދުމަފުޅުނެތިވަޑައައެއް ނުގަންނަވައެވެ. އެއީ ޢާޝޫރާ ދުވަހުގައި ރޯދައަށް ހުރުމާއި، ޢަރަފާތް ދުވަހުގެ ރޯދަ ހިފުމާއި، (ހަނދު މަހުން) ކޮންމެ މަހެއްގެ (13،14،15) ތިން ދުވަހުގައި ރޯދައަށް ހުރުމާއި ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެރަކުޢަތް ކުރުމެވެ.“ [މުސްލިމް]

ބަޔާންވެ ދިޔަ ޙަދީޘްތަކުން ދޭހަވާ ގޮތުގައި ޢަރަފާތް ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ (صلى الله عليه وسلم) ގެ އަމިއްލަ ޢަމަލުފުޅުން ދެއްކެވި ވަރަށް މަތިވެރި ސުންނަތެކެވެ

ޙައްޖުވެރިންނަށް ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމަކީ ނަހީ ކުރެވިގެންވާ ކަމެއް ކަމުގައި ވެސް ވާރިދުވެގެން އައިސްފައިވެއެވެ. (މާނައަކީ) ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެފައިވާ މީހުންނަށް ޢަރަފާތް ދުވަހުގައި ރޯދަ ހިފުމެއް ނުވެއެވެ

އުއްމު އަލްފަޟްލު ގެ ކިބައިން ރިވާވެގެން ވެއެވެ. ”ނަބިއްޔާ (صلى الله عليه وسلم) ޢަރަފާތް ދުވަހުގައި ރޯދައަށް ހުންނަވާތޯ ނުވަތަ ނޫންތޯއާ މެދު ސަޙާބީންގެ ތެރޭގައި ޝައްކު އުފެދުނެވެ. އެކަލޭގެފާނު (صلى الله عليه وسلم) (ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވަޑައިގެންފި ނަމަ) ޢަރަފާތް ދުވަހުގައި ރޯދައަށް ނުހުންނަވާކަން ސަޙާބީންނަށް ސާބިތުކޮދިނުމަށް ތިމަންކަމަނާ ބޭނުންފުޅުވިއެވެ. އެހެންކަމުން ތިމަން ކަމަނާ އެކަލޭގެފާނަށް ކިރު ފޮނުވީމެވެ. އެކަލޭގެފާނު ޢަރަފާތުގައި ޚުތުބާދެއްވަން ހުންނަވައިގެން އެކިރުތަށި ހިއްޕެވިއެވެ.“ [ބުޚާރީ]

.

މަޞްދަރު: ދީން ޑޮޓް އިންފޯ

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses