އިޓަލީއަތުން ކޮސްޓަ ރިކާ މޮޅުވުމުން އިނގްލޭންޑް ކަޓައިފި

އިޓަލީއަތުން ކޮސްޓަ ރިކާ މޮޅުވުމުން އިނގްލޭންޑް ކަޓައިފި

ވޯލްޑްކަޕް 2014 ގެ ގްރޫޕް ޑީގައި ރޭ ރާއްޖެ ގަޑިން 9:00 ގައި ކޮސްޓަ ރީކާއާއި އިޓަލީ ބައްދަލު ކުރި މެޗު 1-0 ގެ ނަތީޖާއަކުން ކޮސްޓަރީކާ މޮޅުވުމާ ގުޅިގެން، ގްރޫޕުގެ އެންމެ ފުލުގައި އޮތް އިންގްލޭންޑް ވޯލްޑްކަޕުން ކަޓައިފިއެވެ.

ރޭގެ މޮޅާއެކު ކޮސްޓަ ރީކާ ވަނީ ފައިދާ ތިން ގޯލާއި 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނާގައެވެ. ފައިދާ ގޯލެއް ނެތި އިޓަލީ ވަނީ 3 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނާގައެވެ. އަދި މައިނަސް އެއް ގޯލާއި 3 ޕޮއިންޓާއެކު އުރުގުއޭ އަށް ގްރޫޕުގެ ތިންވަނަ ލިބިފައިވާއިރު އެއްވެސް ޕޮއިންޓެއް ނުލިބި މައިނަސް ދެގޯލާއެކު ޓޭބަލްގެ ފުލުގައި ވަނީ އިންގްލޭންޑެވެ.

މިގްރޫޕުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތް އިރު، ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އޮތީ އިޓަލީއަށާއި އުރުގުއޭއަށެވެ. އެގޮތުން އިޓަލީ އަދި އުރުގުއޭ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެއް ދެވަނަ ބުރަށް ދާނެއެވެ. އަދި އިންގްލޭންޑާއި ކޮސްޓަ ރީކާ ބައްދަލު ކުރާ މެޗުން އިންގްލޭންޑް މޮޅުވި ނަމަވެސް އިންގްލޭންޑަށް މިހާރު ވަނީ އެފުރުޞަތު ގެއްލިފައެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses