އުރުގުއޭ އަތުންވެސް ބަލިވެ އިންގްލޭންޑަށް އަމިއްލަ ބާރު ގެއްލިއްޖެ

އުރުގުއޭ އަތުންވެސް ބަލިވެ އިންގްލޭންޑަށް އަމިއްލަ ބާރު ގެއްލިއްޖެ

ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ރޭ ރާއްޖެ ގަޑިން 00:00 ގައި އިނގިރޭސިވިލާތާއި އުރުގުއޭ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން އުރުގުއޭ ކާމިޔާބު ކުރުމާ ގުޅިގެން، ދެވަނަ ބުރަށް ދިއުމަށް އިންގްލޭންޑުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ބްރެޒިލްގެ އެރީނާ ދި ސައޮޕޯލޯގައި ރޭ ކުޅުނު މިމެޗުގެ 39 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ އުރުގުއޭއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅެފައިވަނީ އިންގްލޭންޑުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ވޭން ރޫނީ ވަނީ ލަނޑެއެް ކާމިޔާބުކޮށް ޓީމަށް އުންމީދު އާކޮށްދީފައެވެ. ނަމަވެސް އިންގްލޭންޑުގެ ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ސުވަރޭޒް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި އުރުގުއޭއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.

ގްރޫޕް ޑީގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ފައިދާ ދެގޯލާ ތިން ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނާގައި އޮތީ ކޮސްޓަރީކާއެވެ. ފައިދާ އެއްގޯލާ ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނާގައި އޮތީ އިޓަލީއެވެ. މައިނަސް ގޯލަކާ ތިން ޕޮއިންޓާއެކު ޓޭބަލްގެ ތިން ވަނާގައި އޮތީ އުރުގުއޭއެވެ. އަދި މައިންސް ދެގޯލާއެކު އެއްވެސް ޕޮއިންޓެއް ނުލިބި ޓޭބަލްގެ ފުލުގައި އޮތީ އިންގްލޭންޑެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses