ގުރޫޕް ބީ: ނެދަލޭންޑްސް

ގުރޫޕް ބީ: ނެދަލޭންޑްސް

ތިންފަހަރެއްގެ މަތިން ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށް، މިހާތަނަށް އެއްވެސް އަހަރެއްގައި ވޯލްޑްކަޕް ކާމިޔާބު ކުރެވިފައި ނުވާ ނެދަލޭންޑްސްއަކީ މޮޅު ކުޅުންތެރިންތަކެއް ދުނިޔޭގެ ފުޓުބޯޅައަށް ތަޢާރަފްކޮށްދީފައިވާ ޓީމެކެވެ. އެގޮތުން ނެދަލޭންޑްސް ޓީމުގެ ގިނަ ކުޅުންތެރިންނަކީ ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ ޓީމުގެތައް ލީޑު ކުރަމުން އަންނަ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޓީމުގެ ޑިފެންސް ލައިންގައި ތަޖުރިބާ ކުޅުންތެރިން މަދުވުމުގެ ސަބަބުން، ފަހަކަށް އައިސް ކޯޗު ވެން ހާލް ކުޅުވަމުން އަންނަނީ ޑިފެންސަށް ފަސް ކުޅުންތެރިން ލައިގެންނެވެ.

ފީފާ ރޭންކިންގައި ނެދަލޭންޑްސް އޮތީ 15 ވަނާގައެވެ.

މުޙިންމު ކުޅުންތެރިން

ނެދަލޭންޑްސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ އާޔަން ރޮބެންއެވެ. ރޮބެން ވަނީ ފާއިތުވި ދެއަހަރު ބަޔާން މިޔުނިކްގައި އާދަޔާއި ޚިލާފް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލްގައި، ގޯލެއް ޖަހައި ބަޔާންއަށް ތަށި ހޯދައިދީފައެވެ.

ރޮބެންގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ރޮބިން ވޭން ޕާސީ ވަނީ ކޮލިފައިންގައި އޭނާ ކުޅުނު 9 މެޗުން 11 ލަނޑު ޖަހާ، ނެދަލޭންޑްސްގެ ގައުމީ ޓީމަށް އާ ރެކޯޑެއް ހަދާދީފައެވެ.

ވޯލްޑްކަޕަށް ކޮލިފައިވި ގޮތް

ކޮލިފައިންގައި ނެދަލޭންޑްސް ކުޅުނު 10 މެޗުން 34 ލަނޑު ޖަހާ އެއްވެސް މެޗަކުން ބަލިނުވެ، އެޓީމު ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ނަމަވެސް ނެދަލޭންޑްސް ކޮލިފައިންގައި ކުޅެފައިވަނީ ފީފާ ރޭންކިންގެ 30 ދަށުގެ ޓީމުތަކާއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses