ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އަލިފުށްޓަށް ބޯފެން ފޯރުކޮށްދީފި

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އަލިފުށްޓަށް ބޯފެން ފޯރުކޮށްދީފި

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އަލިފުށްޓަށް ބޯފެން މިއަދު ފޯރުކޮށްދީފިއެވެ. ވާރޭފެން ނުލިބި ގިނަ ދުވަސްތަކެއް ވުމާއިގުޅިގެން، އަލިފުށީގެ ރައްޔިތުންނަށް ބޯފެން ލިބުން ދަތިވެފައިވުމުން، އަލިފުށީ ކައުންސިލް އެދުމުގެމަތިން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު އަލިފުށްޓަށް ފޯރުކޮށްދީފައިވަނީ 40 ޓަނުގެ ފެން ކަމަށް އަލިފުށީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާޙީމް ޝުއަޢިބު މިއަދު ވިދާޅުވީ މީގެ ދިހަވަރަކަށް ދުވަސް ކުރިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ފެން ފޯރުކޮށްދިނުމަށް އެދި ސިޓީ ފޮނުވާފައިވާނެކަމަށާއި، އެފަހަރު އެދިފައިވާނީ 185 ޓަނުގެ ފެނަށްކަމަށެވެ. ނަމަވެސް މިއަދު ލިބިފައިވަނީ 40 ޓަނުގެ ފެންކަމަށް އެފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ 40 ޓަނުގެ ތެރެއިން 30 ޓަނުގެ ފެން އަޅާފައިވާނީ އަލިފުށީ މަސްޖިދުލް އަދާލަތުގެ ގޯތި ތެރޭގައިވާ ކަޅުހަންތަކަށް ކަމަށެވެ. އަދި ބާކީ 10 ޓަނުގެ ފެން އަޅާފައިވާނީ މަސްޖިދުލް ޙިދާޔަތުގެ ގޯތިތެރޭގައިވާ ކަޅުހަންތަކަށް ކަމަށެވެ.

ކައުންސިލްގެ ނައިބު ވިދާޅުވީ އަލިފުށީގެ ރައްޔިތުން ބޯފެނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މިދުވަސްވަރުގައި 40 ޓަނު ފެނަކީ ވަރަށް މަދު އަދަދެއް ކަމަށެވެ. އެހެންކަމުން ފެން ދޫކުރުމުގައި ހޮޓާ / ކެފޭ ފަދަ ތަންތަނަށް “ލިމިޓް” ކޮށްގެން ފެން ދޫކުރުމަށް އެފަރާތްތަކާއި އެކު ވާހަކަ ދައްކަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses