އިމާމް އަބޫ ޙަނީފާ އާއި އަވައްޓެރިޔާ

އިމާމް އަބޫ ޙަނީފާ އާއި އަވައްޓެރިޔާ

އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ އަކީ މުޅިރޭ އަޅުކަންކުރުމާއި ޤުރްއާން ކިޔެވުމުގައި ވޭތުކޮށްލާ  ބޭފުޅެކެވެ. އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ގެ އަވަށްޓެރިންގެ ތެރޭގައި ވަރަށްގިނައިން ރާބޯމީހަކު އުޅުނެވެ. އޭނަގެ ކަމަކީ އަބަދުވެސް ރާބޮއިގެން ލޯބީގެ ޅެންތައްކިޔުމެވެ. މިހެންވެ އިމާމް އަބޫ ޙަނީފާ ރަޙީމަހުﷲ އަށް މިކަމާހެދީ ވަރަށް އުނދަގޫވެއެވެ
އެހެންނަމަވެސް އެއްދުވަހަކު އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ އަށް މިމީހާ ޅެންކިޔާއަޑު އެއްގޮތަކަށްވެސް ނީވުނެވެ. އެހެންވެ އިމާމް އަބޫ ޙަނީފާ އެގެޔަށް ވަޑައިގެން އެމީހާއާ ބެހޭގޮތުން ސުވާލުކުރިއެވެ. އެގޭގައި ތިބިމީހުން އެމީހާ މިވެނިމިވެނި ކަމަކާހުރެ ޖަލަށްގެންގޮއްސިއޭ ބުންޏެވެ. މިޚަބަރު ލިބުމުން އިމާމް އަބޫ ޙަނީފާ  ރަޙިމަހުﷲ އެމީހާއާ ބައްދަލުކުރެއްވުމަށް ޖަލަށް ވަޑައިގެންނެވިއެވެ. އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ އަކީ އެދުވަސްވަރު އެހިސާބުގައި ހުރި އެންމެ ގަދަރު ލިބިގެންވާއިމާމެވެ. އަދި ޤާޡީ ވެސްމެއެވެ. އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ޖަލަށް ވަޑައިގެންނެވި ޚަބަރު އޭރުހުންނެވި ވެރިޔާއަށްލިބުނެވެ. އަދި އެކަމާ ބެހޭގޮތުން ވެރިޔާ މަޢުލޫމާތު ހޯދަންއެދުމުން އިމާމް އަބޫ ޙާނީފާގެ އަވައްޓެރިޔަކު ޖަލުގައި ބަންދުކޮއްފައި އިނީތީވެ އެކަމާ ކަންބޮޑުވެވަޑައިގެން ޒިޔާރަތްކުރީކަމަށްބުނެވުނެވެ. މިޚަބަރު ލިބުމުން ވެރިޔާ އޭނާ ދޫކޮއްލުމަށް އަމުރުކުރުމުން އެމީހާ ދޫކޮއްލެވުނެވެ.

އެމީހާ ސަލާމަތްވުމުން އެންމެ ފުރަތަމަވެސް ދިޔައީ އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ގެ އަރިހަށެވެ. އޭނަ އެހިއެވެ.

އަވަށްޓެރިޔާ: ކީއްވެ އެގޮތަށް ކަންތައްކުރެއްވީ؟
އިމާމް އަބޫ ޙަނީފާ : އެއީ އަވަށްޓެރިއެއްގެ ޙައިޞިއްޔަތުން ތިބާއަށް އަހަރެންގެ މައްޗަށް ޙައްޤުތަކެއްވޭ އަދި އަހަރެންނަކީ އެކަމާމެދު ޣާފިލުވެގެންވާ މީހަކުކަމުގައި ނުވަން.

މިޙާދިޘާ ވެގެންދިޔައީ މިމީހާއަށް ޙައްޤުގޮތް ވިސްނި ތަޢުބާވެ އިސްލާމްދީނަށްރުޖޫޢަވުމަށް މެދުވެރިވި ޙާދިޘާއަށެވެ.
މަޞްދަރު: ރާއްޖެ އިސްލާމް. ކޮމް

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses