މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް އަލިފުށީ ސުކޫލުގައި ފާހަގަ ކޮށްފި

މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް އަލިފުށީ ސުކޫލުގައި ފާހަގަ ކޮށްފި

މިއަހަރުގެ މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި އަލިފުށީ ސުކޫލުގައި މިއަދު ފާހަގަ ކޮށްފިއެވެ. މުދައްރިސުންގެ ދުވަަހުގެ ހަރަކާތްތައް ފެއްޓުމުގެ ގޮތުން މިއަދު ހެނދުނު އަލިފުށީ ސްކޫލުގައިވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. މިއެސެމްބްލީގައި ސްކޫލު މެނޭޖްމަންޓުގެ އިތުރުން އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަބްދުއްރަޙުމާން ވެސް ވަނީ ދަރިވަރުންނާއި މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިއަދުގެ މުނާސަބަތުގައި ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ދަރިވަރުންގެ ކްލާސް ޓީޗަރުންނަށް ބްރިސިލް ބޯޑުގައި އާއި އެކި ކަހަލަ ކަރުދާހުގައި ލިޔެފައިވާ ޝުޢޫރުތައް ހަދިޔާކޮށްފައިވެއެވެ. އެގޮތުން ބެލެނިވެރިން ފާޅުކޮށްފައިވާ ޝުޢޫރުތަކުގައި މުދައްރިސުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތް ފާހަގަ ކޮށް ހިތުގެ އިޚްލާސްތެރި ޝުކުރު އަދާކޮށްފައިވެއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަލިފުށީ ސްކޫލުގެ ޖުމްލަ 25 ކްލާހުގައި މުދައްރިސުންގެ ދުވަހުގެ ކޭކުފެޅުން ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ކޮންމެ ކުލާހެއްގެ ވެސް ކޭކު ފެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވުމުގެ ގޮތުން އަލިފުށީ ސްކޫލުގެ މެނޭޖްމަންޓުގެ ބޭފުޅުން ވަނީ ދެގްރޫޕަކަށް ބާހަލެވިފައެވެ. އަދި ކޮންމެ ކުލާހެއްގައިވެސް އެކުލާހެއްގެ ކޭކު ފަޅާފައިވަނީ ކްލާސް މުދައްރިސްގެ އިތުރުން ކްލާހުގެ މޮނީޓަރާއި މޮނީޓަރުގެ އެހީތެރިއާއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް އަލިފުށީ ސްކޫލުގައި ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރުވެސް ވަނީ ޚަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސްކޫލު މުދައްރިސުން ދެބަޔަކަށް ބަހާލައިގެން ފުޓުބޯޅަ މެޗެއް ވަނީ ކުޅެވިފައެވެ. މިމެޗު 1 – 0 ން ކާމިޔާބު ކުރީ އަބްދުﷲ އަބްދުލްކަރީމް ( ޅޮބީ ސަރ ) ގެ ޓީމެވެ. އަދި މީގެ އިތުރުން އަންހެން މުދައްރިސުންނާއި ބެލެނިވެރިން ދެބަޔަކަށް ބަހާލައިގެން ވޮލީ މެޗެއްވެސް ވަނީ ކުޅެވިފައެވެ. އަލިފުށީ ސުކޫލު ވޮލީ ކޯޓުގައި ކުޅެވުނު މިމެޗު ސީދާ 2 ސެޓުން ކާމިޔާބުކުރީ ފަޒުނާ މިސްގެ ޓީމެވެ.
މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް އިތުރު ޚަރަކާތްތަކެއް ރޭވިފައިވާކަމަށް އަލިފުށީ ސްކޫލުން މަޢުލޫމާތުދެއްވާފައިވެއެވެ.

މިލިޔުމާއި ގުޅޭ ފޮޓޯ ބެއްލެވުމަށް ކްލިކް ކޮށްލައްވާ

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. aadhanu

    rangalhu kujjakah kiyavai dheyne kameh neh mudharisunge dhuvas faahaga kurey ladhun boahalaak.

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses