ބައެއް މީހުންގެ އައިޑީކާޑު ފޮރުވަމުންދާކަމުގެ ޝަކުވާ ދަނީ ހުށަހެޅެމުން – ޕޮލިސް

ބައެއް މީހުންގެ އައިޑީކާޑު ފޮރުވަމުންދާކަމުގެ ޝަކުވާ ދަނީ ހުށަހެޅެމުން – ޕޮލިސް

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ބައެއް މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ފޮރުވަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުން އަންނަކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

ރެއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި މީހުންގެ އައިޑީކާޑު ފޮރުވަމުންދާކަމުގެ ޝަކުވާ ހުށަހެޅެމުންދާތީ ފުލުހުން އެފަދަ ރަށްރަށުގައި އެކަން ގާތުން ބަލަމުން އަންނަކަމަށް ހާމަކޮށްފައިވެއެވެ. އަދި މިކަމަކީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ ދަށުން އަދަބު ލިބޭ ކުށަކަށްވާތީ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިހެންކަމުން މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses