މުޙައްމަދު ރަޝީދު (ކޮކޭ) މާޒިއާއަށް ސޮއިކޮށްފި

މުޙައްމަދު ރަޝީދު (ކޮކޭ) މާޒިއާއަށް ސޮއިކޮށްފި

ރާއްޖޭގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އަލިފުށީ ސީތާ މުޙައްމަދު ރަޝީދު(ކޮކޭ)، މިސީޒަންގައި އޭނާ ކުޅެމުން އައި ކުލަބު ވެލެންސިއާ ދޫކޮށް މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މިއަދު ސޮއި ކޮށްފިއެވެ. މުޙައްމަދު ރަޝީދު (ކޮކޭ) މިއަދު ބުނީ އޭނާ މިސީޒަންގައި ކުޅެމުންއައި ކުލަބު ވެލެންސިއާއިން ރިލީޒް ދިނުމުން މާޒިއާއަށް މިއަދު ސޮއިކޮށްފައިވާކަމަށެވެ.

އޭނާ އިތުރަށް ބުނީ ވެލެންސިއާއިން ވޭތުވެދިޔަ ދެމަސްދުވަހު އޭނާއަށް މުސާރަ ދީފައިނުވާތީ އާއި އިތުރު މައްސަލަތައް ހުރުމާއި ގުޅިގެން އޭނާ އެކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމަށް ބޭނުންވެފައި ހުންނަކަމަށެވެ. އަދި މިއަދު އެޓީމުން ރިލީޒް ދިނުމުން މާޒިއާއަށް ސޮއި ކުރީކަމަޝާއި، މާޒިއާއާއިއެކު އެއްބަސްވުމުގައި ސޮއިކުރީ މިސީޒަން ނިމެންދެންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކޮކޭ ބުނީ މާޒިއާއަށް ބަދަލުވުމުން އޭނާ އެކަމާ އުފާކުރާކަމަށެވެ.

“މާޒިއާއަކީ މިހާރު ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ޓީމް، އެހެންވެ އެޓީމަށް ކުޅުމުގެ ފުރުޞަތު ލިބުނީމަ އެކަމާ ވަރަށް އުފާކުރަން” ކޮކޭ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. ޮކޮކޭގެ ފްރެންޑް

    ގަދަ… ކޮކޭ…. ވަރަށް ސަޅި ނިންމުމެއް ތީ….. މަވެސް ކޮކޭގެ ފޭނެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ތި ނިންމުމަށް ވަރަށް ތާއީދު ކުރަމޭ… އަދި ކޮކޭއަށް ރަނގަޅު މުސްތަޤްބަލަކަށް އެދެމޭ…

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses