ވަތަނިއްޔާ “ޕާޓްނަރ ޝޮޕް” އެއް އަލިފުށީގައި ހުޅުވަނީ

ވަތަނިއްޔާ “ޕާޓްނަރ ޝޮޕް” އެއް އަލިފުށީގައި ހުޅުވަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ދެމުންއަންނަ އެއް ކުންފުނިކަމަށްވާ ވަތަނިއްޔާގެ “ޕާޓްނަރ ޝޮޕް” އެއް އަލިފުށީގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ވަތަނިއްޔާއާއި ގުޅިގެން ޕާޓްނަރ ޝޮޕެއް އަލިފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ ޓޫއޯޓޫ އިންވެސްޓްމަންޓުގެ ފަރާތުންކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

އެގޮތުން ޓޫއޯޓޫ އިންވެސްޓްމަންޓުގެ ވެރިޔާ އިސްމާއިލް އިބްރާޙީމް ބުނީ އަލިފުށީގައި ވަތަނިއްޔާ ޕާޓްނަރ ޝޮޕެއް ހުޅުވުމަށްޓަކައި، ވަތަނިއްޔާއާއި އެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަމަށެވެ. އަދި މިފިހާރަ ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަތަނިއްޔާއިން މިހާރު ކުރަމުން އަންނަކަމަށް އެފަރާތަށް އަންގާފައިވާކަމަށް އޭނާބުނެފައިވެއެވެ.

އިސްމާއިލް އިތުރަށް ބުނީ ލަފާކުރެވޭ ގޮތުގައި އަންނަ ޖުލައި މަހުގެ މެދުތެރޭގައި އަލިފުށީގައި މިފިހާރަ ހުޅުވޭވަރުވާނެއެވެ. އަދި މިފިހާރު ހުޅުވުމުން އަލިފުށިން ވަތަނިއްޔާގެ ބިލްތަކަށް ފައިސާ ބަލައިގަނެވޭނެކަމަށާއި، މުސްތަގުބަލުގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ސިމް ވިއްކުމާއި، ހޯލްސޭލް އަދި ރީޓެއިލްކޮށް ރާސްޓަސް ވިއްކުމާއި އަދި ވަތަނިއްޔާގެ ގިނަ ޚިދުމަތްތަކެއް އެފިހާރައިން ލިބެން ހުންނާނެކަމަށެވެ.

ޓޫއޯޓޫއިން ބުނީ ވަތަނިއްޔާގެ ޕާޓްނަރ ޝޮޕް ހެދުމަށްޓަކައި އެފަރާތުން މިހާރު އިމާރާތާއެއް އަލިފުށީގައި ތައްޔާރުކޮށްފައިވާކަމަށެވެ. އަދި އެތަން ހުންނާނީ އަމީނީމަގު މަންފާ ކުރިމަތީގައި ހުންނަ ޓޫއޯޓޫ އިމާރާތުގެ ކަންމަތީ ބައިގައެވެ.

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. ރަށު މީހާ

    އަލްޙަމދުލިﷲ… ވަރަށް އުފާވެރި ޚަބަރެއް….. ޝުކުރިއްޔާ ޓޫ.އޯ.ޓޫ

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses