ޓޮޕްސީ ޓްރޭނިން ސެންޓަރާއި އޭއީއެސް ގުޅިގެން 3 ކޯހެއް ފަށަނީ

ޓޮޕްސީ ޓްރޭނިން ސެންޓަރާއި  އޭއީއެސް ގުޅިގެން 3 ކޯހެއް ފަށަނީ
މުހައްމަދު އަބްދުﷲ

މުހައްމަދު އަބްދުﷲ

ޓޮޕްސީ ޓްރޭނިން ސެންޓަރާއި އޭއީއެސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 3 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވަލައިފިއެވެ. އަންނަ އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ މި 3 ކޯހަކީ ފަހަން ދަސްކޮށްދިނުމުގެ އިންޓަރމީޑިއެޓް ލެވެލް2، ވެލިފޮތި މިނާއިން މާގަނޑު ހަދަން ދަސްކޮށްދިނުމުގެ ކޯސް އަދި ކޭކް ޑެކަރޭޝަން ކޯހެވެ.

ތަފާތު 6 އައިޓަމެއް ފަހަންދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ފަހަން ދަސްކޮށްދިނުމުގެ އިންޓަރމީޑިއެޓް ލެވެލް 2 ގެ މި ކޯހަކީ އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަހާފޮށި ބޭނުންކުރާނެ ފަރާތްތަކުން ކޯސް ފީއެއްގެ ގޮތުގައި ދައްކަންޖެހޭނީ 1600 ރުފިޔާއެވެ. ނަމަވެސް ކޯސް ހިންގާ ފަރާތުގެ ފަހާފޮށި ބޭނުންކުރާނަމަ ކޯސް ފީއެއްގެ ގޮތުގައި 1900 ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ.

ވެލިފޮތި މިނާއިން މާގަނޑު ހަދަން ދަސްކޮށްދިނުމުގެ ކޯސް އަދި ކޭކް ޑެކަރޭޝަން ކޯހަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ކޯހެވެ. އެގޮތުނ ވެލިފޮތި މިނާއިން މާގަނޑު ހަދަން ދަސްކޮށްދިނުމުގެ ކޯހުގެ ފީއެއްގެ ގޮތުަގައި 1200 ރުފިޔާ ނަގާއިރު ކޭކް ޑެކަރޭޝަން ކޯހުގެ ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާއެވެ.

އޭއީއެސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކޯސްތައް ހިންގުމަށް ރޭވިފައިވަނީ އެންމެ ގިނަ ބައިވެރިން ލިބޭ ކޯހެއް ފުރަތަމަ ފަށާ އުސޫލުންނެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 26 ވަނަ ދުވަހެވެ. އެގޮތުން ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9707107 ނަންބަރު ފޯނާއި ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ. މި 3 ކޯހުގައިވެސް ބޭނުންކުރަންޖެހޭ ހުރިހާތަކެއްޗެއް ކޯސް ހިންގާ ފަރާތުން ދިނުމަށް ހަމަޖެހިފައިވެއެވެ.

ޚިޔާލު ފޮނުއްވާ

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Scroll To Top