ފެނާއި ނަރުދަމާއާއި ގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފި

2013 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުމަށް އެންވާރުމަންޓް މިނސްޓްރީން ކަނޑައަޅާފައިވާ 34 ރަށުގެ ފެނާއި ނަރުދަމާގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީން އިޢުލާންކޮށްފިއެވެ. އެގޮތުން މިރަށްތަކުގައި ޑިޒައިން އެންޑް ބިލްޑް އުޞޫލުން ވޯޓަރ ސަޕްލައި ނެޓްވޯކް، ގުރައުންޑް ވޯޓާރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިޒާވް އޮސްމޮސިސް ޕްލާންޓް އަދި އެއާ ގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ.

އަލިފުށީ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި 2013 ވަނަ އަހަރުގެ ބަޖެޓުގައި އަލިފުށީގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ވަނީ ހަމަޖައްސާފައެވެ. މިކަން އަލިފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މުޙައްމަދު ނާޝިޒާއި އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުން އަލިފުށީ އޮންލައިނަށް ކުރިން ވަނީ ޔަޤީންކޮށްދެއްވާފައެވެ.

ނަރުދަމާގެ ނިޒާމަކީ މިވަގުތު އަލިފުށްޓަށް އެންމެ ބޮޑަށް ބޭނުންވާ އެއް ޚިދުމަތެވެ.

ލިޔުނީ:

ޔޫސުފް ސުހައިލް އަކީ އަލިފުށީ އޮންލައިންގެ އެންމެ ގިނަދުވަސްވީ އެއް ލިޔުންތެރިޔާއެވެ. މައިގަނޑުގޮތެއްގައި ގެނެސްދެނީ އަލިފުށީގެ ޚަބަރުތަކެވެ.

ޚިޔާލު ފާޅުކުރައްވާ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

© 2011 - 2013 | Alifushi Online | Reg: 1081 | Contact: +960 7908766 | Email: admin@alifushionline.com | Designed by Faisham |