ޓޫއޯޓޫގެ އާ ފިހާރައެއް އަލިފުށީގައި މިއަދު ހުޅުވައިފި

އެޑިޓޯރިއަލް

އެޑިޓޯރިއަލް

ޓޫއޯޓޫ އިންވެސްޓްމަންޓުގެ ފަރާތުން އަލިފުށީގައި އާ ފިހާރައެއް މިއަދު ހުޅުވައިފިއެވެ. އަންހެން އަދި ފިރިހެނުންގެ ފައިވާނާއި ބޫޓަށް ޚާއްޞަކޮށްގެން ޓޫއޯޓޫ އިންވެސްޓްމަންޓް އިން މިއަދު ހުޅުވި “ޓޫއޯޓޫ” ނަމަކަށް ކިޔާ މިފިހާރައިން ކުޑަކުދިންނާއި ބޮޑެތި މީހުންގެ އެންމެ މިހާރުގެ ފައިވާނާއި ބޫޓު ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ދަބަހާއި ފޮށި އަދި ސްޓާކިން ފަދަ އެއްޗެހިވެސް މިތަނުން ލިބެން ހުންނާނެކަމަށް ޓޫއޯޓޫއިން މަޢުލޫމާތު ދީފައިވެއެވެ.

އަލިފުށީގައި އިޖުތިމާޢީ ގޮތުން އެކި އިދާރާތަކުންނާއި ކުލަބު ޖަމިއްޔާތަކުން ހިންގާ ގިނަ ހަރަކާތްތަކަށް ބޮޑު ހޭދައެއް ކުރަމުން އަންނަ ޓޫއޯޓޫ އިން މިފަހަރު މިހުޅުވި ފިހާރައިގެ ސަބަބުންވެސް އަލިފުށީގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ޓޫއޯޓޫ އިންވެސްޓްމަންޓުގެ ފަރާތުން އަލިފުށީގައި ހުޅުވި 4 ވަނަ ފިހާރައެވެ. ޓޫއޯޓޫ އިންވެސްޓްމަންޓުން މިހާރު އަލިފުށީގައި ހިންގާ ފިހާރަތަކަކީ ހަވީރީނާޒުގައި ހުންނަ ޓޫއޯޓޫ ވެއަރ، ޒިކުރާގައި ހުންނަ ޓޫއޯޓޫ އައިޓަމްސް، ސްކޫލު ކަންމަތީގައި ހުންނަ އައިޓޫ ހާޑްވެއަރ އަދި މަންފާ ކުރިމަތީގައި އަލަށް ހުޅުވި “ޓޫއޯޓޫ” އެވެ.

މިލިޔުމާއި ގުޅޭ ފޮޓޯ ބެއްލެވުމަށް ކްލިކް ކޮށްލައްވާ

  1. ސެޕްޓެމްބަރު 15, 2012 | 19:59 Reply

    fihaara akah alah eche gesfiyya dhemeehun hurinama eakakee fazoo. varah laari ah balaane varah muh baaru vaane. fenna konme eche gannaane.

Scroll To Top